...

Support Us

ވޯލްޑްކަޕާ ދިމާކޮށް އެސްޓީއޯއިން "ހޭވައްލާ ތައްޔާރު"

އަންނަ މަހު ފަށާ ވޯލްޑްކަޕު ފުޓުބޯޅަ މުބާރާތާ ދިމާކޮށް "ހޭވައްލާ ތައްޔާރު"ގެ ނަމުގައި އެސްޓީއޯއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރުމަހުގެ ނިޔަލަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް އޮންނާނީ އަންނަ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށް ގަތަރުގައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ގަންނަ 50 އިންޗީގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑް ސްޕީކަރ ބާއަކާއި ބްރެކެޓް ހިލޭ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

މި ޕްރޮމޯޝަންގައި ކުރާ ކޮންމެ 500ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އެ ކޫޕަން މެދުވެރިކޮށް ލަކީ ޑްރޯގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ލަކީޑްރޯގެ އިނާމުތައް

1 ވަނަ: އައިފޯން 14 ޕްރޯ މެކްސް

2 ވަނަ: ޕީއެސް 5 ވީއާރްއާއެކު

3 ވަނަ: އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15،000 ރުފިޔާގެ ގިފްޓް ވޮއުޗަރ (ގެއާއި ބަދިގޭ ސާމާނު)