ކާޅެއް ކަންބޮޑުވެ ވަނީ ހިތްދައްޗޭ
ވާޅެއްނުވެ ދޭ ޙިކުމަތް އަގު މައްޗޭ
އުފެދޭ ފިކުރެއް އެނބުރޭ ނާރެހަކީ
ނުފުށުންޖެހި ގޮސް ހިތްތައް ވާ ކައްޗޭ
ޅަދަރީންކޮޅު އެއްކޮށްގެން އިނދެ ކިޔައޭ
މަދަރީންނޭ މި ޒަމާނަށް ހޭލައްޗޭ
އިންސާނުން މި އުޅޭހެން ނޫޅެއްޗޭ
ހިތް އެދުނަސް ކޮންމެ ކަމެއް ނުކުރައްޗޭ
އެއްހާލީގައި ނިދަމުން ބޮޑުވީމާ
އެއްކުއްޖަކު ގޮސް އަނެކަކު ނުމަރައްޗޭ
ކާނޭ ބޯނޭ ކާނާ ހޯދަައިދޭން
ކައިރީން އުދުހޭ ބާޒަށް ނުގޮވައްޗޭ
ފިރިހެނަކީ ފިރިހެނެކޭ ފުރަތަމަ ވެސް
ފިރިހެނަކާ އަންހެނަކާ އިންނައްޗޭ
ހޭޅިން ހަޑިކޮށް ކެއުމީ އާދަޔެކޭ
ހެއިބުއްދި ފިލާ ރަހައެއް ނުބަލައްޗޭ
ކެރުމާ ގުޅުމާ ޒިހުނީ ޤާބިލުކަން
ކުރިޔާ ފަރަގެއް ނުމެކޮށް ދިރުވައްޗޭ
އަޚަކަށް ހާއްޔަށް ނުގުސާނެއްދޭތޯ
ތަޚުތަށްވުރެ ހުޝިޔާރުވެ ވިސްނައްޗޭ