(ތިންބެރުލަވަޔެއް)
ކަދާ މަމެން މާލި ނަށައި އެނބުރި މިއަދު އުޅެފިއްޔާ
މިދާ މަގުން ވާވަދެ ގޮސް އަނދިރީގައި ނިދޭނެޔޭ
ކަދާ މަމެން މާލި ނަށައި…
ހަދާނެޔޭ ފަގީރުސޮރު ފައިކޭޓުން ހުސްވިއްޔާ
މުދާނެތަމަ ނަގުދު ނެތަމަ ޖާހިލެކޭ ގޮވާނެޔޭ
ކަދާ މަމެން މާލި ނަށައި…
ހަނދާ އުޑުން ތަރިތައްވެސް ބައިލައިދޭން ބުނެފިއްޔާ
ހަދާނެ މޮޅު މުރީދަކަށް ބުނިމީހާ ހަދާނެޔޭ
ކަދާ މަމެން މާލި ނަށައި…
ހަދާ އެ މޮޅު ވާހަކަޔާ އެކު އަނދުނެއް އެޅުވިއްޔާ
ތެދާ ދޮގާ ވަކި ނުވިޔަސް އީދެއްތާ ކުރާނެޔޭ
ކަދާ މަމެން މާލި ނަށައި…
ފިދާވެގެން މަހުޖަނުނަށް ޢުމުރުއެކީ އުޅެފިއްޔާ
ގުދާރު ބިނދި ބަލިވީމާ ނެތް އަޅަކަށް ހަދާނެޔޭ
ކަދާ މަމެން މާލި ނަށައި…
ވެދާނެކަމު މުސްތަޤުބަލު އެއުރެން އަލި ބުނެފިއްޔާ
ވިދާ ކުކުޅުކޮށީ ބިމުން ރަންޖައުހަރު ވިދާނެޔޭ
ކަދާ މަމެން މާލި ނަށައި…
ލަދާ ބިރާ އަމާނަތާ ކަނޑުފައްތަން ކެރުނިއްޔާ
ވަދާ ދިޔަސް ހުސްބުޅިޔާ ގޮދާފަށެއް ނެގޭނެޔޭ
ކަދާ މަމެން މާލި ނަށައި…