Support Us

ކޮލަމް ގަލަން: އިސްލާމީ ވަގުފު ބޭނުންކޮށްގެން ކަރަންޓުގެ އަގުތައް ހެޔޮކުރެވިދާނެ

ކަރަންޓަކީ އަސާސީ ޚިދުމަތެކެވެ. އެ ހަކަތަ ވިއްކާ އަގު ހެޔޮކުރެވިގެން ނޫނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ލުއިފަސޭހަތަކެއް ނުލިބޭނެއެވެ. އަދި އުފެއްދުންތެރިކަމަށް ބޭނުންވާ ކުރިއެރުން ވެސް ނުލިބޭނެއެވެ. ނަމަވެސް ގިނަ ސަބަބުތަކަކާ ލައިގެން ދިވެހިރާއްޖޭގެ ކަރަންޓުގެ އަގު ވަނީ އާއްމުންގެ އަތް ނުފޯރާފަށުގައެވެ.

ކަރަންޓު އުފެއްދުމަށް ބޭނުންކުރެވޭ ތެޔުގެ ދަތިކަމަކީ އެންމެ ބޮޑު ސަބަބެވެ. އެހެންކަމުން ކަރަންޓަށް ދާއިމީ ސަބްސިޑީ ބޭނުންވެއެވެ. ސަރުކާރުގެ ނިންމުންތަކަކީ ވެރީންގެ މިޒާޖާ އެއްގޮތަށް އަވަސްއަވަހަށް ބަދަލުވާ ކަންތައްތަކަށް ވާތީވެ ސަރުކާރުގެ ސަބްސިޑީއަކީ ފުރިހަމަ ހައްލެއް ކަމުގައި ނުބެލެވެއެވެ. އެއްފަހަރު ލިބިފައި އަނެއް ފަހަރު ނުލިބުމަކީ ވެސް އެކަށީގެންވާ ކަމަކެވެ. އަދި މުޅި ދިވެހިރާއްޖެއަށް އެފަދަ ސަބްސިޑީއެއް ދިނުމުން ދައުލަތުގެ މާލިއްޔަތަށް ބަރުވުން ވެސް އެކަށީގެންވެއެވެ. މިކަން ހައްލުކުރުމަށް ޓަކައި އަވީގެ ޓެކުނޮލެޖީއެއް ވެސް ތައާފަރުކުރެވިއްޖެއެވެ. ނަމަވެސް ހައްލެއް ނުވިއެވެ. ބައެއް ފަހަރަށް އަވީގެ ޓެކުނޮލެޖީއެއް ބޭނުންކުރުމުން އުފެދޭ ވަގުތީ ހަކަތައިން އޭގެ ވެރިފަރާތުގެ ބިލަށް ލުޔެއް ލިބިދާނެއެވެ. ނަމަވެސް އެއީވެސް ދާއިމީ ހައްލެއްނޫނެވެ. ސަބަބަކީ އަވީގެ ޓެކުނޮލެޖީއެއް ބޭނުންކުރުމަށް ޓަކައި ވެސް ކަރަންޓު ބޭނުންވެއެވެ. ނުވަތަ ހުންނަންޖެހޭނީ ކަރަންޓާ ގުޅިފައެވެ.

ކަރަންޓުގެ ޚިދުމަތް ދެވޭނީ އެ ކަމަށް ހިނގާ ހުރިހާ ޚަރަދެއް އިއާދަވާގޮތަކަށެވެ. ނުވަތަ އެ ޚަރަދެއް ޚިދުމަތް ލިބޭ މީހުންގެ އަތުން ލިބިގެންނެވެ. ސޯލާ ޕަވަރ ސިސްޓަމް ބޭނުންކުރުމަކުން ކަރަންޓު ދިނުމަށް ބޭނުންކުރެވޭ އިންޖީނުގޭގެ ޚަރަދުބަރަދު މަދުވެގެނެއް ނުދާނެއެވެ. ކަރަންޓު ދިނުމަށް ބޭނުންކުރެވޭ މުވައްޒަފުންގެ މުސާރައާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތީގެ އަގުތައް ހުންނަނީ ހަމަ އެހުރި މިނެއްގައެވެ.

ކަރންޓުގެ ޚިދުމަތް ދެވޭނީ އެންމެ ކުޑަވެގެން ކަރަންޓު ދިނުމަށް ކުރާ ޚަރަދު ލިބިގެންނެވެ. އަނެއްކޮޅުން ސޯލާ ޕަވަރ ސިސްޓަމަކީ ވަކި މުއްދަތަކުން ހަލާކުވެދާނެ އެއްޗެކެވެ. ނުވަތަ މަރާމާތުކުރަން ޖެހިދާނެ އެއްޗެކެވެ. އެ ފަދަ ހާލަތްތަކުގައި އޭގެ ފައިދާއަށްވުރެ ގެއްލުން ބޮޑުވެސް ވެދާނެއެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ރައްޔަތުންނަށް މިވަނީ ކަރަންޓުގެ ދަތިކަން ފޯރައިފައެވެ. އެހެންކަމުން އެކަން ހައްލުކުރެވޭތޯ މަސައްކަތެއް ކުރެވެން ޖެހެއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔަތުންނަށް ދިމާވެފައިވާ ކަރަންޓުގެ އަގުގެ ދަތިކަން އިސްލާމީ ވަގުފު ބޭނުންކޮށްގެން ހައްލުކުރެވިދާނެއެވެ. އަދި އޭގެ އިތުރުން ވެސް ބައެއް ކަނޤތައްތައް ކުރެވިދާނެއެވެ.

މިސާލު:

އެކެއް: ކޮންމެ ރަށެއްގައި ކަރަންޓަށް ވަގުފެއް އުފެއްދުމެވެ. އަދި އެއިން ލިބޭ މަންފާ ކަރަންޓަށް ސަބްސިޑީއެއްގެ ގޮތުގައި ޚަރަދަކުރުމެވެ. ވަގުފާބެހޭ ބައެއް މައުލޫމާތު ތިރީގައި އެވާ ލިންކުން ވިދާޅުވެލައްވާށެވެ. https://docdro.id/rX0Ozgn

ދޭއް: ކޮންމެ އަތޮޅަކުން އެއް ރިސޯޓު ކަރަންޓަށް ސަބްސިޑީ ދިނުމަށް ކަނޑައެޅުމެވެ. އަދި އެއިން ލިބޭ ކުއްޔާއި ޓެކްސް އެ އަތޮޅެއްގެ ކަރަންޓަށް ލިބޭގޮތަށް ގާނޫނަކުން ލާޒިމުކުރުމެވެ.

ތިނެއް: ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ސިޔާސީ މަގާމުތައް ހަމަޖެއްސުން ގާނޫނަކުން މަނާކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގަ ދިރިއުޅޭ ރަށްތަކުގެ މީހުނަށް އެމީހުން ބޭނުންވާ ކަރަންޓެއް ލުމުގައި ވެސް އިޚްތިޔާރު އޮންނަންވާނެ މިހެން މި ދެއްކެވީ ތިރީފޭސް ލާން ބޭނުންވާ ފަރާތަކަށް އެ ފުރުސަތު އޮންނަންވާނެ
    އާދެ! ދެން ބުނެލަންއޮތީ ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ގެނެސްގެން ނަމަވެސް ރަށްރަށުގެ އިންޖީނުގެ ތަކުގެ ވެރިން އިންތިޚާބުކުރަން އަދި އިންތިޚާބީ މަގާމަކަށް ބޭއްވުމަށް އެރަށެއްގެ ރައްޔިތުންގެ ޚާއްޞަ ފެންނަ ނުފެންނަ ވޯޓަކަށް ފަހު އެއިރުން އެ އިންތިޚާބީ މަގާމަށް ހޮވޭ ފަރާތްތަކުން ވާދަވެރި ރޫހެއްގައި ޚިދުމަތްތައް ފުޅާކޮށް ބޮޑުކޮށް ތަރައްގީކުރުމަށް ސަރުކާރުން މަގުކޮށާ ޚަރަދު ކުޑަކޮށް ލުއިކޮށްދިނުމަށް މަސައްކަތް ކުރަމުން ދާނެ ނަތީޖާއެއްގެ ގޮތުގައި ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ އިންތިހާބީ ވަޒީފާ އަކަށް ބަދަލުވެގެންދިޔުން މިހާރު މިއޮނަ ބޯދާ ޒަމާންވީ މުސްކުޅި ގޮތްގަނޑު ކެނޑި މާޔޫސްވެފައި ތިބިބަޔަކު ކަމުގައިނުވެ އުފާވެރިކަމާއިއެކު ހިނިތުން ވެލަމުން މުޢާމަލާތް ކުރުމުގެ ފުރުސަތު ހުޅުވިގެންދިޔުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *