އަލްމަލިކު ގަދަވި ސިންގާ މާޒީވެ ދިޔަ ސަނާއިން
އަލް ޢަޞްރު އަލް ޖަދީދަށް ފުރޮޅުނު، ނިކަން މޮޅުވިހޭ؟
ފިލް ކުތުބު މަދްރަސާގައި ކުރަސީޑިމޯ އެ އޮތަކަސް
ފިލް ޢަމަލް ޢިންދަނާ އަދު ފަރަޤެއް ވަކިވެ ފެނޭހޭ؟
ފިލް ވަޤްތު އަލް މުޙައްދަދް މަކްތަބު މޮޅަށް ހިނގިޔަކަސް
ކަލް ދޯބަޖޭ އުޞޫލުން ކަންކަން މިއަދު ނުދޭހޭ؟
އަލް ޢަދްލު ދޫމަތީ ޤާއިދު ގޮވިޔަކަސް ސިޔާސީ
މިލްޖުލްވެ މަހުޖަނުން ޙާކިމުނާ ނުވެސް އުޅޭހޭ؟
އަލްމުންޡިމުން ނިކަން މޮޅު ތަމްރީނުކޮށް ނެރުނުމުން
ބިލް ހިކޮކް އަމްރިކާނީ މަގުތައް މަތިން ފިލީހޭ؟
ޢިލްމުގެ ބަދައިގެފަރު ކުންނުން ސަނަދުތައް ބެހޭއިރު
ވަލު ޢަމަލުތައް އެޔާނުވެ އަސްދަނޑި ބަލަން ދިޔައިހޭ؟
އައްލުޣަތުނަލް ޙަބީބާ ކުރިޔަށް ނެރެން ގޮވާއިރު
ހަލްޗަލް ވެ މުޖުތަމަޢުގައި ވިކެނީ ފުރެއްދެ ލަވަހޭ؟
ޙިލްމޭ ބުނީމަ މޮޅުވޭ، ހުވަފެނެކެ މައްބަހުން ދެރަ
ފިލް ބަޠަން އޮވެ އަދީބުގެ ޔާޤޫތަކަށް ނުވޭހޭ؟
ގުލްމޯހަރީގެ ކުލަޔާ އަލްވަރްދު އެކު ގަތައިގެން
އަލްމާސް އަލް ބަލާޣަތު އަދިވެސް އޮތީ މިހެންހޭ؟