Support Us

މިނިވަން ދުވަހުގެ އިޙްސާސް

ގިނި އަންދަމުން މިނިވަންދުވަސް އައިއިރު ބިރުން ތުރުތުރު އަޅާ
ދިނިގެން މިތާ އުޅެވުނު ދުވަސް ދިޔަކަން އެނގޭތީ ފަހަނަޅާ

އަޔަކަސް ތަނަށް މި ދުވަސް މިއަދު،ބަޔަކަށްލިބޭ އުފަލެއްނެތޭ
ވަޔަކުންޖެހޭ ނެތް ފިނިކަމެއް ވޭނުން ހިތުގެ ފުނުގައި އަޅާ

އަޅުވެތިކަމުގެ ދިލަ ހޫނަކުން ވިރި އޮހޮރެނީ މި ހިތާ ލެޔާ
ފަޅުކަމުގެ ސާލެއް އޮތްކަމުން މުޅި ގައި ވަށާލައިފައި އޮޅާ

ރަހުމެއްނުވާ ބަޔަކުގެ އަތުން ހުއްޓައިނުލައި ދޭ ޙަމަލައިން
ޝަޚުޞިއްޔަތެއް ނެތިގެންދަނީ މޭގަނޑު އެކީގައި ފޫ އަޅާ

ހެޔޮވާނެތޯ ކުށަކާނުލައި މިގޮތަށް މިފަދަ އަނިޔާކުރާން
ހެެޔޮވާނެތޯ އަލިފާންޖަހައި އަންދަން އެއަށް ތިބެ ދަރުއަޅާ

****

ކޮންކަހަލަ ގުރުބާނެއްހެވީ މިނިވަންކަމެއް ހޯދަންވެގެން
ފެންނަން ލިޔެވިފައި މިއަދުވެސް ހުންނާނެޔޭ އެ ހުދުންކަޅާ

އެ ހަނދާން ނެތީ އަދު ކީއްވެހޭ؟ އެ ޢަޒުމް ނެތީ ފަހެ ކީއްވެހޭ؟
އެ ހަނދާން މި ދީބުގެ ފަސްގަނޑުން ފޮރުވާލަނީހޭ ފަސްއަޅާ

ފެއްސާ ރަތާއި ހުދުން އެހެރަ ވިހުރޭ ނިޝާނުގެ އަޑުއަހާ!
ހުއްޓާނުލައި ލޭ ކަރުނުތައް ދެ ލޮލުން މިއަދު އެބަހަރައަޅާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *