ނެތޭ ގައުމިއްޔަތެއް ގައުމަކު، ނެތޭ ވަޠަނިއްޔަތެއް ވަޠަނަކު
ނެތޭ ބާރެއް އަމިއްލަ ބިމަކު، ނެތޭ މިނިވަންކަމެއް މިތަނަކު
ނެތޭ ވިސްނާ ފިކުރުކުރުމެއް، ނެތޭ ކަން ހުރި ގޮތެއް ބެލުމެއް
ނެތޭ ލޯތްބެއް ކުލުނު ރަޙުމެއް، ނެތޭ ހިތުގައި މިތާ ވެރިއަކު
ނެތޭ މަގަކުން ހިނގޭނެ ގޮތެއް، ނެތޭ ހަމަޖެހިލެވޭނެ ގޮތެއް
ނެތޭ ކުރިމަގު ލިބޭނެގޮތެއް، ނެތޭ ދިރުމެއް އިނގޭ! މިއަދަކު
އޮތީ އަޅުވެތިކަމާ ދަށުވުން، އޮތީ ނިކަމެތިކަމާ ބިކަވުން
އޮތީ މޮޅިވެރިކަމާ ހާސްވުން، އޮތީ ޖެހިފައި ބެދޭ މަޅިއަކު
އޮތީ ރައްޔަތް އެކީ ތެދުވުން، އޮތީ ފަހަތަށް ނުޖެހި އެކުވުން
އޮތީ ގައުމަށްޓަކައި މަރުވުން، އޮތީ ހޭލުން ދިވެހި ދަރިއަކު
***
ނަގާލީ ޢިއްޒަތާ އަބުރާ، އޮޔާލީ ހައިބަތާ ގަދަރާ
މަގާމާ ހޯދުމަށް ބާރާ، ޚިޔާނާތްތެރި ދެތިން މީހަކު