...

Support Us

އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕް މާފުށީގައި ހުޅުއްވައިދެއްވައިފި

އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް-2022 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. އެމަނިކުފާނު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ ރޭ މިކަމަށްޓަކައި ކ. މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 54 ވަނަ މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ގުޅިގެންނެވެ. މި މުބާރާތް ކުރިޔަށްދާނީ މި ހިނގާ މި ޖުލައި މަހުގެ 15-21 އަށް މާފުށީގައެވެ. މި ފަހަރުގެ މުބާރާތުގައި 24 ޤައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވެއެވެ.

ރޭ ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ބޮޑީބިލްޑިންގ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (އޭ.ބީ.ބީ.އެފް)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *