ހިތް އޮތީ ފަތިހުއްސުރެން ޢަރަފާތުގާ
ލެއްވެވުން އެދި ރަޙްމަތާ ބަރަކާތުގާ
ރާޅުތައްހައި ފާފަތައް ގިނަގުނަވިޔަސް
މާފުދެއްވުންވޭ ވަށައި ހަ ފަރާތުގާ
ނަފުސު އެހެނަސް އަމަލުތަކުގެ ފަތާއިމެދު
ދެފުށުއެޅިފައި ވޭ ކަނާތާ ވާތުގާ
ޔާ އިލާހީ އަޅުގެ އިބަ ނޫނީ ނެތޭ
ވާގިވެރި ޔާރަކު ދުރާ އަދި ގާތުގާ
ކަރުނަތައް އުންމީދުގައި އޮހޮރައިލަމޭ
މަރުގެ ދެފަރާތް ސޫރަވާ ޙާލާތުގާ
ފެންނަ ފަދައޭ މާތް ޢަފޫގެ ނިހާޔަތުން
ދެއްވަވާތަން އުދުހިލާށަ ޞިރާޠުގާ