Support Us

ހުއްޓެނީ މި ހިތޭ މަގޭ!

މާކުރީގެ ހަނދާންތަކޭ އާވާން ފެށީ ހިތުގައި މަގޭ
އާކުރާން ބޭނުންވިޔަސް އެދުވަސް އެއީ ދެން ފަސްމަގޭ

އޭރުގައި އެ އުޅުނު ދަަރީންވާ ހާދަހާ އޭ ހެޔޮވެތީ
އޭރުދިން ލޯތްބާ އަޅާލުން ނުފިލައޭ ހިތަކުން މަގޭ

ރީތިކަން ސިފަކުރުމުގައި އެ ޖަހާ މިސާލުތަކަށް ބަލައި
ރީތި ސިފައެއް ނަމަ އެއީ މިލްކެއްކަމަށް ބުނެތޭ މަގޭ

ނެތް ނުދޭ ޝަރަފެއް މަގާމެއް ޢިއްޒަތެއް ގަދަރެއްވިޔަސް
ހިތް އުފާކޮށް ދިނުމުގައި ހައްދެއް ނެތޭ އެ ކުދީން މަގޭ

ކޮންކަހަލަ ތަކުލީފުހޭ އުފުލީ އެދުހު ދަތި ޙާލުގައި
ނަން ފަވާލީ ހިތްވަރުންނޭ އޭރު ކުރި އެ ދަރީން މަގޭ

މިއަދުވެސް މިތިބީ ދަރީންނޭ އަހަރެނަށް ނިސްބަތްވެވޭ
މިއަދު ކަން އެކުރާ ގޮތުން ކަރުނުން ދެލޯ ފުރެޔޭ މަގޭ

ކޮންމެ މީހަކުވެސް ބުނޭ އެބަ މަންމައޭ ތިޔައީ މަގޭ
އޮންނަ ހަމައިން ކަން ނުދާނަމަ ގެއްލެނީ އަލި ކުރިމަގޭ

ލޭގެ ހިނގުމޭ ހިތުގެ ވިންދޭ ލޮލުގެ ފެނުމޭ ބުންޏަކަސް
އޭގެ އުފަލެއް ރާޙަތެއް ވެސް ނުކުރެޔޭ ހިތަކަށް މަގޭ

ބާރުވެރިކަން ހޯދުމަށް ކަރުވާ ޖަހައިގެން މަގުމަތީ
ބާރު ބާރަށް އެ ދަމަނީ ވިއްކަން ނުކުމެ ނަފުސޭ މަގޭ

މަންމައަށް މަންމަގެ ދަރީން ކުރަމުން މިދާ އަނިޔާތަކަށް
ފުން އަސަރުގައި ކެތްނުވެވިގެން ހުއްޓެނީ މި ހިތޭ މަގޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *