އަންހެނާގެ އަބުރާއި އިއްޒަތާ ވެއްޔާ މޮޑެވޭ ފަދައިން ފިރިހެނުންގެ އަބުރާއި އިއްޒަތަކީވެސް ފިރިހެނުންގެ އައުރަކަން ފުރާވަރު ކުދިންނަށް ކިޔައިދޭންޖެހެއެވެ. ގެއްލެނީ ހަމައެކަނި އަންހެން ކުދިންގެ އިތްފަތްތެރިކަން ނޫންކަމާއި ފިރިހެނުންގެވެސް އިތްފަތްތެރިކަން ގެއްލޭނެކަން ބުނެދޭންޖެހެއެވެ.
ލިވާތު ކުޅިއާއި ޒިނޭ އަކީ ކިހައި ފާޙިޝް އަމަލެއްކަމާއި އެކަމުގެ ނުރައްކާތެރިކަމާއި ޤިޔާމަށް ދުވަހުން ލިބޭނެ ވޭންދެނިވި އަޒާބު ކުދިންނަށް އުނގަންނައިދީ މި ނުބައި އަމަލަށް އަރައިގަތުން ހުއްޓުވަން ޖެހެއެވެ. އަދަކީ އެއްވެސް މީހަކަށް އިތުބާރުކުރެވޭ ވަގުތަކަށް ނުވީ ހިނދު ފިރިހެން ކުދިންގެ އިތްފަތްތެރިކަން ރައްކާތެރިކުރުމަކީ ވެސް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެކެވެ.
ފިރިހެނަކަށްވުމީ ރައްކާތެރިކަން ޔަގީންވާ ސަބަބެއް ނޫންކަމާއި މުޖްތަޢުގެ ކޮންމެ ފަދަ މަގާމެއްގެ ހުރި މީހަކުވެސް ފިރިހެން ދަރިފުޅުގެ ނާޖާއިޒު ފައިދާ ނަގައި އިތްފަތްތެރިކަން ފޭރިގަނެފާނެކަން ފިރިހެން ކުދިންނަށްވެސް ކިޔައިދޭން މުހިއްމެވެ. މި މުޖްތަމަޢުގައި ފިރިހެން ކުދިންނަށް ލިބޭ ޖިންސީ ގޯނާއިން އެކުދިންގެ ރައްކާތެރިކަމަކީ އިސްކަމެއް ދެވިގެން ބެލޭ ކަންކަމެއް ނޫނެވެ.
ފާޙިޝް ކަންތައްތަކަށް ކުދިން ލޯބިކުރުމާއި އަރައިގަތުމުގެ މަރުޙަލާ ފެށެނީ ހަގު އުމުރުގައި ދެވޭ މިނިވަންކަމާއި ބެލެހެއްޓުމުގައި ވެވޭ އިޙްމާލާއި އިންޓަނެޓާއި ފޯނުގެ ޒަރިއްޔާއިން ކުދިންނަށް ފަހިކޮށްދެވޭ ފުރުސަތުތައް ގިނަވުމުންކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެހެންވެ މިއީ ހުރިހައި މައިންބަފައިން ވެސް ވަރަށް ބޮޑަށް ސަމާލުވާންވީ ކަމެކެވެ.



advertisment
One Response
ތިޔައީ ވަރަށް ރަނގަޅު ވާހަކައެކެވެ. ހަގީގަތުގަ އެންމެ ރަނގަޅު ގޮތަކީ ދަރިން ހެޔޮގޮތުގަ ތަރުބިއްޔަތު ކުރުމަށް، މީހުން ކުރާ ތިޔަކަހަލަ ނުބައި ފާފައިގެ އަމަލުތަކުގެ ވާހަކަ ނުދެއްކުމެވެ. ލިވާތުކުޅި ނުވަތަ މަކުނުކުޅިއަކީ އިހުޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ކަމެކެވެ. މުޙައްމަދު އަމީން ދީދީ އަވަހާރަކޮށްލީ ކޮންމެހެން "މޮޅުދުންފަތް" މަނާކޮށްގެން ނޫނެވެ. ތިޔަބުނާ އެއްޖިންސުގެ އަމަލުތައް ހުއްޓުވުމަށް ބޮޑުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން އުޅެގެން ކަމަށް ފޮތެއްގައި ލިޔެފައި އޮތެވެ. މަޝްހޫރު ހުވަދޫ ގަޑުބަޑުގައި ލެޓިންއިން ލިޔެފައިވާ ޚުތުބާ ވިދާޅުވި އަދި އޭރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލި ދެއްވަދޫ ކަތީބު މުޙައްމަދު ގެންގުޅުއްވި، ބައުވެ ވީރާނާވަމުންދިޔަ އަދި ޒާތެއްގެ ނުބައިވަހެއްދުވާ އެފޮތުގައި މުޙައްމަދު އަމީންދީދީ ފިޔަވަޅު އަޅުއްވަން އުޅުނު ސަރުކާރުގެ ޢިއްޒަތްތެރިންގެ ވާހަކަ ހިމެނެއެވެ. ނަމަވެސް ރައްޔަތުންގެ މެދުގައި އެކަކު އަނެކަކުގެ އަބުރު ރައްކައުތެރިކުރުމަކީ ލާޒިމް ކަމެއް ކަމުގަ ދެކޭ ކަމަށާ އެހެންކަމުން ދިވެހި ތާރީޚުގައި އެފަދަ އަޑުއަހާން ލަދުގަންނަ ފާހިޝް އަމަލުތަކުގެ ވާހަކަ ލިޔެގެން ނުވާނެތީ މުޙައްމަދު ކަތީބު ވަނީ އޭނާގެ އަތުގައި ރައްކައުކޮށްފައި ހުރިނަމަ ހުރި ހުރިހާ ފޮތްތަކެއް ކަނޑުފައްތާލާފައެވެ. ސަބަބެއްކަމަށްބުނީ ދީނުގައި ނަހީކުރައްވާފައިވާ ކަންތައް ކުރާމީހުންގެ އެފަދަ ވާހަކަތައް އުފުލައި ހެދުމަކީ ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ތާރީޚް ދިރާސާކުރައްވާ ތިނަދޫ ޙިލްމީ ވިދާޅުވީ ދެއްވަދޫ ކަތީބު މުޙައްމަދަކީ ރައީސް ނާޞިރުގެ ފަރާތުން އަނިޔާލިބި ޖަލުގައި އޮންނަންޖެހުނު ޞާލިޙް ތަގުވާވެރި ބޭކަލެކެވެ. މުޙައްމަދު އަވަހާރަވީ އެކަލޭގެފާނުގެ ރަށް ދެއްވަދޫގައި ހުކުރުނަމާދަށް ވަޑައިގަންނަވަނިކޮށެވެ. ބުނަންމިއުޅޭ ވާހަކައަކީ އެފޮތްތަކުން މިއެނގޭކަމަކީ ލިވާތުކުޅި އަކީ އިހަކަށްދުވަހު އައިކަމެއް ނޫނެވެ. ވީމާ ގަދަރުވެރި އާއިލާއެއްގެ މީހަކު ވިޔަސް އަދި އެނޫން މީހަކުކުރިޔަސް އެކަހަލަ ވާހަކަ ދެއްކުމުގެ ބަދަލުގައި ޝަރީޢަތް ހިންގަންވީއެވެ. އެފަދަ ވާހަކަތައް ދައްކާނަމަ މުޖުތަމައުގެ ރީތި ފޭރާން ހަލާކުވެ އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރީތި ސިފަވެސް ދާނީ ގެއްލެމުންނެވެ. އިސްލާމްދީން ބާރުއަޅަނީވެސް އެކަކު ކުރާ ނުބައިކަންތަކުގެ ވާހަކަ އަނެކާ ނުދެއްކުމެވެ. އެކަމުގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.