Support Us

މަގޭ ދުނިޔޭގެ ޖަންނަތަކީ..!

ހުވާކޮށްފާ ބުނަން ތިޔައޭ މަގޭ ދުނިޔޭގެ ޖަންނަތަކީ
ސުވާލެއްވެސް މިޔާމެދުގާ އުފެއްދެންނެތް މުޙައްބަތަކީ

ވަށައިގެން ހުދުމުތީގެ ވިދާ ވިދުން ފެހިކުލަ ޖަރީ ކުރަމުންް
ވަށާ އޮތް ރީތި ނޫ ސާލޭ ލިބުނު މަތިވެރިވި ނިޢުމަތަކީ

ނުވާ އެއްވެސް ރިވެތިސިފައެއް ތިބާއަށް ނުލިބިފައި ނެތްކަން
ދުވާލާ ރޭގަނޑުން ހެކި ދައްކަމުންދާ ކަން ހަގީގަތަކީ

ތިބާ ފެނުމުން ހިތާއިމެޔަށް ލިބޭ ފިނިކަން ދުލުންބުނެދޭން
ޢިބާރާތެއް ނުވިސްނޭކަން އެއީ ނޫންހޭ ޢަޖާއިބަކީ

ތިބާ ނެތްނަމަ މަ ކިހިނެއްހޭ އުޅޭނީ މިތަނުގައި މި ގޮތަށް
ތިބާއޭ މުޅި މި ދުނިޔޭންވެސް އަމާންކަން ދޭ ޙިމާޔަތަކީ

ތިބާ ޙައްގަށްޓަކައި ތެދުވާން ހުވާކޮށް އެ ގޮތުގައި ހުންނާން
ތިބާއަށް ލޭ ހިލޭކޮށްލާން މިއީ އޭ ހިތް އެދޭ ގޮތަކީ

މަގޭ ހިތުގައި ތިބާއަށް އޮތް މަގާމާ، ޢިއްޒަތާ، ގަދަރާ
މަގޭ ގަލަމުން ބަޔާންކުރުމަށް ނުކުޅެދުން އޭ މަގޭ ކުށަކީ

މަގޭ ދެލޮލުގެ ފެނުން ތިޔައޭ،މަގޭ މިހިތުގެ ހިނގުން ތިޔައޭ
މަގޭ މުޅި ދިރިއުޅުން ތިޔައޭ، ޙަޔާތުގެ ތިޔައެ ނާރެހަކީ

މަގޭ ހިތުގައި ޖަހާ ވިންދުން ބުނާ އަޑު އެބައިވޭ ސިއްރުން
މަގޭ ހަމަ އެންމެ ފަހު ނޭވާ ލުމަށް ތިޔައޭ އެދޭ އުނގަކީ

ހުދާ ފެއްސާ ރަތުން ތިޔަހަރަ ހަނާ އަޅަމުން އެދޭ އެދުމަށް
ފިދާވާށޭ ނުކުމެ މި ހުރީ،އެޔޭ އަހަރެންގެ މަޠުލަބަކީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *