Support Us

ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ މަސައްކަތް ސްޓެލްކޯގެ އިންޖިނިއަރުންކުރަނީ -ފޮޓޯ: ސްޓެލްކޯ

ސަމާލު! މާލޭގެ ފަސް ސަރަހައްދަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑޭނެ

ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާލޭގެ ފަސް ސަރަހައްދަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑޭނެ ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް މާދަމާ ހެނދުނު 6:30 އިން 7:30 އާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި މަސައްކަތް ކުރިއަށްދާއިރު، ފަސް ސަރަހައްދުތަކުން 10 މިނެޓެއްހާއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

މާދަމާ ހެނދުނު 6:30 އިން 7:30 އާ ދެމެދު ކަރަންޓް ކެނޑޭނެ ސަރަހައްދުތައް

  1. ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދު
  2. ނަސަންދުރަ ހިމެނޭ ސަރަހަދާއި، ކާނިވާ ސަރަހައްދު
  3. ގާކޮށި ފްލެޓާއި، އަރަބިއްޔާ ފްލެޓް ހިމެނޭ ސަރަހައްދު
  4. ގަޑިބުރު ސަރަހައްދާއި، މަޖީދީމަގުގެ ފިނިޕާކު ހިމެނޭ ސަރަހައްދު
  5. މާފަންނު މަދުރަސާއާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދު