Support Us

އޭޝިއާ އެވޯޑްސް: މިއޮތީ ވާ ކަމެއް، ރާއްޖެއަށް 50 އަށްވުރެ ގިނަ އެވޯޑް، އަގަކީ 340 ޑޮލަރު

ކޮންމެ ގޮތަކުން ވެސް އެވޯޑު ބޭނުންވާ މީހުންނަށް މިއީ ރަނުގެ ފުރުސަތެކެވެ. ކުޑަ ޚަރަދެއް ކޮށްލައިގެން، "އޭޝިއާ އެވޯޑްސް" ލިބިދާނެއެވެ.

އިންޑިއާގެ ކުންފުންޏަކުން ހިންގާ "އޭޝިއާ އެވޯޑްސް" ބޭނުން ނަމަ ފޯމެއް ފުރާލަންވީއެވެ. އެ ފޯމު މެދުވެރިކޮށް އެ މީހަކާ ބެހޭ މައުލޫމާތާއި ފޮޓޯ ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހެޅުމުން، އެވޯޑް ލިބޭނީ 340 ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ.

މީގެ ކުރީ އަހަރުތަކުގައި ވަރަށް ގިނަ ދިވެހީން މި އެވޯޑް ވަނީ ހޯދައިފައެވެ. ނަމަވެސް މި ފަހަރުހާ ގިނައެއް ނޫނެވެ.

"އޭޝިއާ އެވޯޑްސް 2022/2021″ ގައި ރާއްޖެއަށް ވަނީ 51 އެވޯޑް ހޯދައިފައެވެ. އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ މީހުންނާއި ކުޅިވަރާއި ކަސްރަތާއި ފެޝަން އާއި މުނިފޫހިފިލުވުމާއި ރިސޯޓުތަކާއި ވިޔަފާރީގެ އެކިއެކި ދާއިރާތަކުގެ މީހުންނާއި ތައުލީމާއި ސިއްހީ ދާއިރާގެ މީހުން ވެސް ހިމެނެއެވެ. އަދި ބައެއް ކުންފުނިތަކާއި ސްކޫލެއްވެސް ހިމެނެއެވެ.

އެވޯޑް ލިބުމުން ގައުމީ ދިދައާއެކު އެ މީހެއްގެ ފޮޓޯ ހިމަނައި "އޭޝިއާ އެވޯޑްސް"ގެ ފޭސްބުކް ޕޭޖުގައި ތަހުނިޔާ ކިޔަމުން ގެންދެއެވެ. ކުޑަ އަގެއްގައި ލިބޭތީ ބައެއް ދިވެހިން ވަނީ ތިން ހަތަރު އެވޯޑުވެސް ހޯދައިފައެވެ. ބައެއް މީހުން އަމިއްލައަށް ތައްޔާރުކޮށް ފޮނުވައިފައި ހުރި ވީޑިއޯ ޕްރޮފައިލް ވެސް "އޭޝިއާ އެވޯޑްސް"ގެ ފޭސްބުކް ޕޭޖުގައި ވަނީ ހިމަނައިފައެވެ.

"އޭޝިއާ އެވޯޑްސް" ދިނުމަށް 46 ކެޓަގަރީއެއް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ މީހަކު ބޭނުންވެއްޖެ ނަމަ، މިއިން ކެޓަގަރީއެއްގައި ނުހިމެނޭ، އާ ކެޓަގަރީއެއް ހަދައިގެން ވެސް އެވޯޑް ލިބިދާނެއެވެ. އެހެންކަމުން "އޭޝިއާ އެވޯޑްސް" ބޭނުންވަނީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. ބައެއް ގައުމުތަކުގެ މީހުންވެސް ވަރަށް ބޭނުންވެއެވެ. އަދި ބޭނުން ކޮންމެ މީހަކަށް، ފައިސާ ހުރި ނަމަ، "އޭޝިއާ އެވޯޑްސް" ލިބެއެވެ.

"އޭޝިއާ އެވޯޑްސް 2022/2021″ ހޯދައިފައިވާ މީހުންގެ ނަންތަކާއި ފޮޓޯތައް 4 ޖަނަވަރީ 2021 އިން ފެށިގެން ގެންދަނީ އިއުލާންކުރަމުންނެވެ.

އޭޝިއާ އެވޯޑްސް ފޭސްބުކް ޕޭޖުގައި ވާގޮތުން 4 ޖަނަވަރީ 2021 އިން 13 ޖޫން 2022ގެ ނިޔަލަށް "އޭޝިއާ އެވޯޑްސް 2022/2021″ 351 ފަރާތަށް ވަނީ ވިއްކައިފައެވެ. އެވޯޑެއް 340 ޑޮލަރުގެ މަގުން، މި 351 ފަރާތަށް އެވޯޑް ވިއްކައިގެން 119،340 ޑޮލަރު "އޭޝިއާ އެވޯޑްސް" އަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ދިވެހިންނަށް ވިއްކި 51 އެވޯޑުން ލިބުނު 17،340 ޑޮލަރު ހިމެނެއެވެ.

ތިރީގައި މިވަނީ "އޭޝިއާ އެވޯޑްސް 2022/2021″ ލިބުނު ކަމަށް އޭޝިއާ އެވޯޑްސް ފޭސްބުކް ޕޭޖުގައި 13 ޖޫން 2022ގެ ނިޔަލަށް އިއުލާންކޮށްފައިވާ ދިވެހިންނާއި ރާއްޖޭގެ މުވައްސަސާތަކެވެ.

އޭޝިއާގެ އެއް ނަންބަރު އެވޯޑުގެ ބައެއް ކެޓަގަރީތަކަށް ދީފައި ހުރި ނަންތައް ފެނިފައި، ބައެއް މީހުން، ފަހަރުގައި ހިނިއައުން ވެސް އެކަށީގެންވެއެވެ.







މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
414013
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

14 Responses

  1. މިވެރިން މިކަން ފެށިއިރުވެސް އެނގޭ ވަރަށް ފޭކް އެއްޗެއްކަން. ސުނީތާ މި އެވޯޑް ހޯދީމަ ހަޖޫވެސް ޖެހިން. އެކަމަކު މި ގަމާރު ދިވެހީންނަކަށް ނޭނގުނު. އެވެރިންނަށް ޑޮލަރު ދެމުން ދިޔައީ. މިކަހަލަ ސްކޭމްތަކުގައި މި ފެންވަރުން ނޫނަސް މާ މަތީ ބޭފުޅުންވެސް ތިބީ ޖެހިވަޑައިގެންފަ. ސިންގަޕޫރުގެ ކޮލެޖަކުން ހިންގި ސްކޭމެއްގައި ރައީސް މައުމޫނާއި ސަންޓްރެވަލް ސިޔާމް ކަހަލަ ބޭފުޅުން ވެސް ޖެހުނު. މިކަމަށް ސަމާލުކަން ދެއްވީތީ އަދިވެސް އަށް ޝުކުރިއްޔާ. ހެޔޮނުވާނެ އަމިއްލަ ނަފްސު ޕްރޮމޯޓްކުރުމުގެ ބޭނުމުގަ މިފަދަ އަގުވެއްޓޭ ކަންކަން ކުރަން.

    1. އޭޝިއާ އެވޯޑްގެ އަގު ވެއްޓިއްޖެ. މަވެސް ފޯމް ލާފަ ލާރިގަނޑެއް ދިންނަމަ ތި އެވޯޑް ލިބުނީސް.. ޝޭމްލެސް ޕީޕްސް

  2. ތިޔަ އިނާމުތަކުގެ ބޭނުމަކީ ކޮބައިބާއޭ ހިތަށް އަރަނީ. "އަދިވެސް" ވެސް ހޯދާން ރަނގަޅު އިނާމުތައް އެބަހުރި:
    ބެސްޓް އޮންލައިން ނިއުސްޕޭޕަރ
    ބެސްޓް އިންފޮމޭޝަން ޕްރޮވައިޑަރ
    މޯސްޓް ޕޮޕިޔުލާރ ނިއުސްޕޭޕަރ
    ދެން ހިތަށް އަރަނީ "އަދިވެސް" އިން އެ ބާވަތުގެ އިނާމެއް ތަޢާރަފުކުރާންވީ ނޫންތޯއޭ، އިނާމަކަށް 200 ވަރަކަށް ޑޮލަރު ވިޔަސް ވަރަށް ފައިސާ ލިބޭނެ.
    އިންޑިއާއިން ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ މި ބާވަތުގެ ދޯހަޅިކޮށް ކޮރަޕްޝަން އެކުލެވޭ ގޮތަށް. މިހާރު މި ދެން ބައިނަލްއަޤުވާމީ އިނާމުތަކުގެ އަގު ވައްޓައިލެވުނީތާ.

  3. މަހުވާ ހަމަ ހެވެނީ. ދެން ތަނެއްގެ ފާރަކުން މީގެ އެވޯޑެއްފެނުނަސް މަފަކީރު ހިންޔާ ބިންދޭނެ

  4. ތިއެވޯރޑްގަ މަދީ ހުއްދަ ނުހޯދާ ރަގަނޅު ޓުރެއިނިން ނުނިއްމާ ހިޖާމަ ޖަހާތީ މީހުން ސަމާލުކަން ހޯދި ފަޒީއެއްނު!

  5. ރާއްޖޭގަވެސް ހިންގާނެ ކޮންމެ އަހަރަކު އެޕްލައި ކުރާ ހުރިހާ ކުންފުންޏަކަށް ދޭ އެވޯޑެއް! ގޯލްޑް 100 ކިޔާ އެވޯޑެއް އެއީ! ހުރިހާ ބޮޑެތި ވިޔާފާރިވެރިން އަތުން ލާރި ނަގައިގެން އިސްޕޮންސަރސިޕް ހޯދައިގެން ކުރާކަމެއް އެއީ! މަދުވާނެ އެ އެވޯޑު ނުލިބޭ ކުންފުންޏެއް! ހަމަ ގަނެގެން ހޯދާ އެވޯޑު! މީގަ އެބައިންދޯ އޭސިޔާސް ބެސްޓް ޕްރެޒިޑެންޓް އެވޯޑު ކިޔާފަ ދީފަ އިން އެވޯޑެއްވެސް ދޯ!

  6. މިތާގަ މިހާރުމަދީ ޝިފާ، އެލްޖޭ، އަދި ހިޖާމަފަޒީ

  7. ޒިފްލީނުވެސް އަދި ޅެންހަދާ އިއްޒަވެސް… ކިހިނެއް ހަދާނީ؟

  8. މީގަ އަދި ބައެއް މުހިންމު މަޝްހޫރުމީހުން ފެންނާކަށް ނެތް.. ކޯޗު އަދި ސަތަރި އަލި ފަޔާޒް (ރަތްމަސް ފަޔާ) މެން ކަހަލަ، އެމީހުންގެ ފޮޓޯވެސް ވައްޓާލިނަމަ….

  9. ޙަސަންބެއްޔާގެ ކައްދާދީގެ މަރިޔަންބީ ކަމަނާ. says:

    މައްސަލައެއް ނެތެއްނުން. އެވޯޑުލިބިފަތިބި މީހުނަކީ ހަމަ އެދާއިރާތަކުން އެވޯޑެއް ދިނުން ހައްގުމީހުން. މަލާމާތްކުރުން އެހާރަގަޅެއްނުން. އެވޯޑުދިން ފަރާތަކުންވެސް ނުބުނޭ މިއީދުޔޭގެފެވަރުގަ ގަބޫލު ކުރެވޭ އެވޯޑެކޭ. އިންޑިއާ ގަ އަބުދުލްކަލާމް ގޯތިކުދިންވެސް މީހަކަށް އެވޯޑެއް ދިނެއްނު. ގާސިމް އަށް މެލޭޝިއާއިން ޑރ ގެ ލަގަބެއްވެސް ދިނެއްނު. މަލާމާތްނުކުރޭ. މީހުންދެރަވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *