...

Support Us

ނުބައި..؟

ނުބައިކަމުގައި ގޮވައި ނެގިޔަސް، ތަކެތި މުޅަ، އަފިހުނާ ރާޔާ،
ދެބައެއޮޑުވުން، އަބުރު ކަތިލުން، ތިބާޔަށް ޞައްޙަހޭ، ނޫންހޭ؟

ނުބައި ކަމުގައި ތިބާ ބުނިއިރު ފަރަންޖީ ވިސްނުމާ ރައުޔާ،
ހަބައި ކަޅު އަނދިރި ދެރަ ވިސްނުން ތިބާ ސިކުނޑީ ނެތެއް ނޫންހޭ؟

ނުބައި ކަމުގައި އެތައް ވިހަ ކެމިކަލެއް ނަންތައް ފަރިތަވެ ކިޔާ
ތި ”ބައިފަސް ސާފު“ ބޮޑު ޢާލިމް ގުދަންކޮށްފައި ނެތެއް ނޫންހޭ؟

ނުބައި ވައްކަން، ޓެކުން، ފޭރުން! ޕަސަންޓުން ބެންކު ދޭ ހަދިޔާ…
ރިބާ ވިޔަފާރި ދޭ ނަމަކުން ޙަލާލުކުރަން އުޅެން ނޫންހޭ؟

ނުބައި ފަނޑިޔާރު ރިޝްވަތު ކޭކަމީ ކުށެކޭ އެމެން އެ ލިޔާ
ދެބައިހޭވީ ތިބާ އޭނާ ޝަރީކުލްމާލު ނުހަދަންހޭ؟

ނުބައި ކަމު ނިންމަމުން އަނެކާ އަޅާ ހެދުމަށްމެ އައިބު ކިޔާ،
ތިބައި ކަލުނަށް ނިވައި ހެދުމާ ކުރަކި އަޚުލާޤު ހެޔޮވޭހޭ؟

ނުބައި އެ ވަނީ މިޒާތުގެ ބަސް ނުހިފިހުރެގެން މިތާ މި ލިޔާ
ތަބާނުވެގެން ތިބާގެ ބަހަށް މިބަސް ޙައްޤަށް ބުނީމައިހޭ؟

ނުބައި މީހުން ދުރަށް ލާށޭ، ނުބައި ރަނގަޅޭ ސަފުން ނުކިޔާ!
ވަބާޔާ ދަތިތަކުން ފޭއަށް އެ ނޫން މަގަކުން ދެވޭނޭހޭ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
23
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *