ހިތަށް ވާ ތުރާލާ އަޅާ ވޭނަކުން
ފިތަށް ކެތްނުވާތީ މިވާ ހޫނަކުން
ނިތަށް ރޫ އަރާތީ ކުރާ ބާރަކުން
ކިތަށް ރޭގެ ނިދިހޭ ފިލީ ސިހުމަކުން
ވަރަށް ގާތުގައި އޮތް ދުވަސް ނުމެބަލާ
ހަރަށްވަދެ ކުރާ ކަން ކަމަށް ސިހިނުލާ
މަރަށް ގަންނަ ބިރަކުންހެ ތިބެނީ ފިލާ
އަރަށް ވާ އަރާމެއްގެ ބަލަ ޒާތަކުން
ވަގަށް މުޅި ޚަޒާނާ އެ ތިބަ ގެންދަނީ
މަގަށް ކުރިއަރަން އޮތް ހުރަހަކަށްވަނީ
އަގަށް އޭގެ ބަދަލެއް ނުވެސް ހޯދެނީ
ހަގަށް ދޮށްޓަކަށް ނުރެކެވޭ މިކަމަކުން
ފޮތަށް ކީއްވެގެންހޭ ބަލާ ނުލެވެނީ
ގޮތަށް ކަންހިނގާ ނަޒަރުކޮށް ނުބެލެނީ
ވަތަށް އިސްޖަހައިގެން މަޑުން މިތިބެނީ
އަތަށް ބަރު ކުރާތީހެ ހަދިޔާތަކުން
ބޮލަށް ބަރުވަނީ ފިކުރުތައް ގިނަވުމުން
ރޮލަށް ކަށިހަފައި ކައި އުޅޭތީ ހެމުން
ލޮލަށް ފެންނަ މަންޒަރުތަކާ ކަން ކަމުން
ދުލަށް ބަސްބުނަން ދަތިކުރީ ޢަމުދަކުން