Support Us

މާޒީ ތަކުރާރުވިޔަ ނުދޭށެވެ!

މޮޔައޭ މޮޔައޭ ވާވާ މޮޔައޭ ހުވައޭ ހުވައޭ އެންމެން ބުނެއޭ
ގޮވައޭ ގޮވައޭ ބާރަށް ގޮވައޭ މާޒީ އޮވެ އެބަ ތަކުރާރުވެއޭ

ތެދުވޭ ތެދުވޭ ކެރިގެން ތެދުވޭ މެދުގައި ބާރުގެ ފިތިގެންނޯވޭ
އެދުމާ ވެދުމުގެ އަޅަކަށްނުމެވޭ ތެދުވެރިކަން ހުންނަން އެބަޖެހެއޭ

މޫނެއް ކަނދުރާއެއް ނުބަލާށޭ ތޫނެއް ދީގެން ކަތިނުމެވާށޭ
ފޫ ނެތް ފަޔަކަށް ފެން ނުފުރާށޭ، ދޫ ނެތް ބަޔަކަށް ވާކަށް ނުވެއޭ

ކަންކަން ވީގޮތް ހޯދާ ކިޔަމުން ތަންތަން ނެތިގެން ދިޔަގޮތް ބަލަމުން
މަންމަންނުވެ ބަސް ކެރިގެން ބުނުމުން ރަންއަކުރުން ނަން އަބަދަށް ވިދައޭ

ޖާނާ މާލާ ދީގެން ނަމަވެސް ހޫނާއި ފިނީގައި އުޅެގެންވެސް
ވޭނާ އުނދަގޫ އުފުލައިގެންވެސް ރޯނާ ނުވިނަމަ އުފަލެއް ލިބެއޭ

ވިސްނާ ވިސްނާ ރަނގަޅަށް ވިސްނާ އިސްލާމުންނޭ ފޭނުވެ ދީނާ
އިސްލާހާ ގުޅުވާ އީމާނާ އިސްނެގުމަށް އެބަ މަޖުބޫރުވެއޭ

މާޒީއަށް ދާން ބޭނުން ނޫންނަމަ، ޣާޒީންގެ ހަނދާން ނުފިލާ ހުރިނަމަ
ޣާޒީން ދެއްކެވި ހިތްވަރު ހުރިނަމަ ބާޒީ ހޯދަން އެވަރުން ފުދެއޭ

"އަރަފާ" މި ތަޅާ އަނގަޔާ މެދުގައި ސަރަމެއް ކުޑަވެސްނެެތިހުރެ ހިތުގައި
ހަރަކާތްތެރިވާ މީހުން މެދުގައި ފަރަގެއް ޚަލަލެއް އެބަހުރިތޯއޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *