ވަބާގެ ޝިކާރައަށް އަޅަމެން ކަލާކޯއޭ ނުލައްވާނދޭ
ވަބާއީ ބޮޑު މުސީބާތުން ނަޖާ އަޅަމެން ކުރައްވާނދޭ
ބިރާ ސިހުމުން މުޅިންވެ ބިރާސް ކޮވިޑު އޮނަވިހި މި ދޭ ޚަބަރުން
އިރާދަފުޅުން އުފާވެރިކަން ބަހާރުފަދައިންމެ ލައްވާނދޭ
ދަލާލޭ އޮހޮރަމުން ކުރެވޭ މަސައްކަތް ދިރުމަކަށް ލައްވައި
ސަލާމަތް ވާނެ ފަރުވާތައް ޝިފާޔާ ދެއްވަވައިފާނދޭ
ކުރައްވާ ޚިދުމަތުން ހެޔޮ ގޮތް ވެރިން ސިއްހީ ލަފާދާރުން
ކުރައްވާ ކަންކަމުން މަގު އަލިވުމުގެ ބަރަކާތްމެ ލައްވާނދޭ
ޙަރަމްފުޅު މާތްވި ކައުބާޔާ އެކީ މިސްކިތްތަކާ ދެ ޙަރަމް
ހަށަންބަނދެގެން ދުޢާ ކުރުމަށް ތިބެން ދޮރުތައް ހުޅުއްވާނދޭ
ރޮމުން މުޅި ދުނިޔެ ފަތަނީއޭ ކަރުނަލޭ ކޯރުތަކުގެތެރޭ
ރޮމުން މި އަޅާ ކަރުނަ ހުއްޓޭން ގޮތެއް ފަހި ދައްކަވައިފާނދޭ
ކިލާކަން ހިތްތަކުން ފިލުވައި ކޮރޯނާއިން ނަޖާވުން އެދި
އިލާހަށް ތާއަބަދު މި ވެވޭ ދުޢާތައް އައްސަވައިފާނދޭ
