Support Us

މިއަހަރުގެ މިހާނަތަށް އަފްޣާނުގައި 1300 މަރު

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ގާތްގަނޑަކަށް 1300 މީހުން މަރުވެފައިވާ ކަމަށް އދ. އިން ރިޕޯޓުކޮށްފިއެވެ.

މިކަމާ ގުޅިގެން އަފްޣާނިސްތާނުގައި ހުންނަ އދ.ގެ މިޝަން އުނަމާއިން ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެޤައުމުގައި ހިނގަމުންދާ ހަނގުރާމައިގައި މިއަހަރުގެ ޖެނުއަރީ މަހުން ޖޫން މަހާ ހަމައަށް މަދުވެގެން 1282 މީހުން މަރުވެ، 2176 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި 340 ކުޑަކުދިން ހިމެނޭއިރު، އިތުރު 727 ކުދިން ޒަޚަމްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އދ. ތަމްސީލުކުރެއްވުމަށް އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ ޑެބޯރާ ލިއޯންސް ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގެ ސަރުކާރާއި ތާލިބާން ޖަމާޢަތުން ސުލްހައިގެ މަޝްވަރާތައް ކުރުމަށް ފުރުސަތު ލިބިފައިވާ މިދަނޑިވަޅުގައި އެގޮތަށް އަމަލުނުކޮށް، ހަމަލާތައް ކުރިއަށް ގެންދިއުމަކީ ޤައުމުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގައި ކުރިއަށް ގެންދާ ހަމަލާތަކުގެ އެންމެ ކުރީގައި ތިބީ އެޤައުމުގައި ހަރަކާތްތެރިވާ ތާލިބާން އަދި އައިއެސްއައިއެސްގެ ހަނގުރާމަވެރިންނެވެ. ހަމަލާތަކުގައި މަރުވި އަދި ޒަޚަމްވި އާންމު ރައްޔިތުންގެ 58 ޕަސަންޓް މީހުން ހިމެނެނީ އައިއެސްއައިއެސް އަދި ތާލިބާން ހަނގުރާމަވެރިން ދީފައިވާ ހަމަލާތަކުގައި ކަމަށާއި، އަފްޣާނިސްތާާނުގެ ސަރުކާރުން ދީފައިވާ ހަމަލާތަކުގައި 23 ޕަސަންޓް އާންމު ރައްޔިތުން މަރުވެފައި ނުވަތަ ޒަޚަމްވެފައިވާކަމަށް ވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ފާއިތުވި އަހަރުގެ ޖެނުއަރީ މަހުން ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި މަރުވި އަދި ޒަޚަމްވި މީހުންގެ އަދަދު ވަނީ 13 ޕަސަންޓަށް މަދުވެފައެވެ.

އަފްޣާނިސްތާނުގެ ހެރާތު ޕްރޮވިންސްގައި ސަރުކާރުގެ ބާރުތަކުން ފާއިތުވި ހަފްތާގެ ތެރޭގައި ދީފައިވާ ވައިގެ ހަމަލާއެއްގައި 14 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަށާރަ އަހަރަށް ދިގުދެމިގެން ގޮސްފައިވާ އަފްޣާން ހަނގުރާމައިގައި ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދަން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައި ވީނަމަވެސް، މިހާތަނަށް އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *