Support Us

މަންމަގެ ލޯބީގައި..!

ލޯބިވާ މަންމާއެ މަންމަގެ ދިރިއުޅުން ޒީނަތްކުރާން
ލޯބިވާ ދަރިޔަކު ހުރީމޭ އެކަނިވެސް ހިތްވަރުކުރާން

ވޭނަކަށް ތަކުލީފަކަށް ނުބަލާ ޖެހޭނޭ ޙާލަކަށް
ދޭނަމޭ މުޅި ޢުމުރުވެސް އުފަލާއެކީ ހޭހަންކުރާން

ހުއްޓުމެއްނެތި ފިރުމުމަށް ޖެހުނަސް ރެޔާއި ދުވާލުގައި
އުއްފުވެސް ނުބުނާނަމޭ ތިޔަ މަންމަޔަށް ހިތްދަތިކުރާން

ނުނިޔަތެއްގައި މަންމަޔަށް ވަށްކަޅިއަކުން ބެލި މީހަކަސް
ހުނިޖައިގެން ނަމަވިޔަސް މިހުރީ އިނގޭ! ފާހަގަކުރާން

މަންމައާ ކުރިމަތިލުމަށް ބިޔަ ލަޝްކަރެއް އައިކަމުވިޔަސް
އަންނަ ޙަމަލާތައް ނިކަން ކެރިގެން ހުރީމޭ މަތަކުރާން

މަންމައަށް އަހަރެންގެ ހިތުގައި އޮތް މަގާމާ އިޙްތިރާމް
އަންނަ މެހެމާނަށް އެނގޭނީ ކިހިނަކުންހެ ބަޔާންކުރާން

މަންމައޭ އަހަރެންގެ ގެޔަކީ ގޭގެ ހުރިހައި ދިރުމަކީ
މަންމައޭ ވޮށަކީ އެ ގޭގައި ދިއްލިފައިވާ އަލިކުރާން

ބޭނުމޭ ތިޔަ މަންމަގާތުން އެއްކަމެއް އެނގި ރޯފިލާން
ބޭނުމިއްޔާ މަންމަ އެ ކަމެއް އަހުރެނާ ޙިއްޞާކުރާން

ބޭބެއެއްވެސް ދައްތައެއްވެސް ކޮށްކޮއެއް ނެތްހޭ މަގޭ؟
ބޭނުމީ އެނގުމޭ އެކަން ހަމަ އެކަނި މިހިތަށް ލުއިކުރާން

އޭ މަގޭ ލޮބުވެތިވި މަންމާ،މަންމަޔަށް ޚިދުމަތްކުރާން
ހޭ ހުރީވިއްޔާ މަ މިހުރީ ނަފުސުވެސް ގުރުބާންކުރާން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *