މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ((ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ! ލައިލަތުލް ޤަދްރިވިލޭރެއާ އަޅުގަނޑާ ބައްދަލުވެވިއްޖެނަމަ އަޅުގަނޑު އަރަހުށި މާތް ﷲއަށް ދަންނަވާނީ ކީކޭތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ! اللَّهمَّ إنَّك عفُوٌّ كريمٌ تُحِبُّ العفْوَ، فاعْفُ عنِّي [1]– ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޢަފޫކުރައްވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވަމުއެވެ. ފަހެ މި އަޅާއަށް ޢަފޫކުރައްވާނދޭވެ!)) މި ދުޢާ މި އަންނަ ގޮތަށް ވެސް ވާރިދުވެފައި ވެއެވެ. އެއީ ((اللَّهمَّ إنَّكَ عفوٌّ تحبُّ العفوَ فاعفُ عنِّي [2]– ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޢަފޫކުރައްވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަނަވަމުއެވެ. ފަހެ މި އަޅާއަށް ޢަފޫކުރައްވާނދޭވެ!)) މި ދެގޮތުގެ ތެރެއިން ޞައްޙަކަން ބޮޑީ ފަހު ގޮތެވެ.
ޢަފޫކުރެއްވުމަށް އެދެންވީ ކީއްވެ؟
- މާތް ﷲ ޢަފޫ ނުކުރައްވައިފިނަމަ ހަމަ އެކަކަށް ވެސް ﷲގެ ޢަޒާބަށް ކެތެއް ނުކުރެވޭނެތެވެ. މާތް ﷲ ރުއްސުން ލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. (ކީރިތި ރަސޫލާ ﷺ ބަލިވެ އުޅުނު މުސްލިމަކަށް ޒިޔާރަތް ކުރެއްވިއެވެ. އޭނާ އޭރުވަނީ އެ ބަލިން ވަރަށް ލުއިވެއެވެ. އެހެނަސް އޭނާ ވަނީ ވަރަށް ވަރުދެރަވެ ކަމީނާވެފައެވެ. ފަހެ ކީރިތި ރަސޫލާ ﷺ ވިދާޅުވިއެވެ. ތިބާ ﷲއަށް ދުޢާއެއް ކުރިން ހެއްޔެވެ؟ އެއްވެސް ކަމަކަށް ދެންނެވިން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ! އަޅުގަނޑު ދުޢާކުރަމުން ﷲއަށް ދެންނެވީމެވެ. ހައްދަވާބޮޑު ކުރެއްވި ރަސްކަލާކޮ! މިއަޅާއަށް އާޚިރަތް ދުވަހުގައި ޢަޒާބު ނުދެއްވައި މި ދުނިޔެމަތީގައި ޢަޒާބު އަވަސްކޮށްދެއްވާނދޭވެ! އެހިނދު ކީރިތި ރަސޫލާ ﷺ ވިދާޅުވިއެވެ. سبحان الله! ތިބާއަށް އެކަމަށް ކުޅަދާނަވެގެން ނުވެއެވެ. ތިބާއަށް އެކަން ތަޙައްމުލެއް ނުކުރެވޭނެއެވެ. ފަހެ ތިބާ ދުޢާ ކުރާއިރު ދަންނަވާށެވެ! اللهم آتنا في الدنيا حسنة، وفي الآخرة حسنة، وقنا عذاب النار. މި ގޮތަށް އޭނާ ދުޢާ ކުރުމުން ﷲ ތަޢާލާ އޭނާއަށް ޝިފާ ދެއްވައިފިއެވެ.))[3]
- ޢަފޫކޮށް ދެއްވުމަށާއި ފާފަ ފުއްސަވާ ދެއްވުމަށް އެދުމަކީ ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ދުޢާއެވެ. އަޅުގަނޑުމެން އިންސާނުންގެ ބަފައިކަލުންނާއި މައިކަމަނާ ދުޢާކުރައްވަމުން ވިދާޅުވިއެވެ. ((رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ[4] – އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.)) ނޫޙުގެފާނުގެ ދުޢާފުޅަކީ ((رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ [5]– އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއ، މިއަޅާގެ މައިންބަފައިންނާއި إيمان ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ!))
- މުއުމިނުންނަށް މަލާއިކަތުން ކޮށްދެއްވާ ދުޢާގައި ހިމެނެނީ ޢަފޫކޮށްދެއްވުމާއި ފާފަފުއްސަވާ ދެއްވުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا رَبَّنَا وَسِعْتَ كُلَّ شَىْءٍ رَّحْمَةً وَعِلْمًا فَٱغْفِرْ لِلَّذِينَ تَابُوا وَٱتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ ﴿٧﴾ رَبَّنَا وَأَدْخِلْهُمْ جَنَّـٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّـٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿٨﴾ وَقِهِمُ ٱلسَّيِّـئاتِ ۚ وَمَن تَقِ ٱلسَّيِّـئاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ[6]– عرش އުފުއްލަވާ ملائكةންނާއި، އޭގެވަށައިގެންވާ ملائكةން އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبح ދަންނަވަތެވެ. އަދި އެކަލާނގެއަށް إيمان ވެތެވެ. އަދި إيمانވި މީހުންނަށް ފާފަފުއްސެވުމަށް دعاء ކުރައްވަތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، توبة ވެ، އިބަރަސްކަލާނގެ މަގަށް تبع ވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެއުރެން މުއްތިކުރައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ وعد ކުރައްވާފައިވާ عَدْن އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި އެއުރެންގެ އަނބީންނާއި އެއުރެންގެ ދަރިންކުރެ صالح ވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ رحمة ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ.))
- މުއުމިނުންނަށް ނަބީބޭކަލުން ކޮށްދެއްވައިފައިވާ ދުޢާއަކީ ވެސް ޢަފޫކޮށްދެއްވުމަށާއި ފާފަފުއްސަވާ ދެއްވުމަށް އެދިވަޑައިގަތުމެވެ. ނޫޙުގެފާނު ދެންނެވިއެވެ. ((رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ[7] -އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، إيمان ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ!)) އިބްރާހީމުގެފާނުގެ ދުޢާފުޅުގައި ވަނީ ((رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ [8]– އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!))
- މާތް ﷲ ކީރިތި ރަސޫލާ ﷺއަށް އަމުރުކުރައްވައިފައި ވަނީ މި ގޮތަށް ދުޢާކުރެއްވުމަށެވެ. ((وَٱسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ[9] – އަދި ކަލޭގެފާނުގެ ކުށަށާއި، مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!))
- ކީރިތި ޤުރްއާނުގައި ޢަފޫކުރެއްވުމުގެ ވާހަކަ އައިސްފައި ވަނީ ބޯޑެތި ފާފަތަކާ ގުޅިގެންނެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((يَسْـئلك لُكَ أَهْلُ ٱلْكِتَـٰبِ أَن تُنَزِّلَ عَلَيْهِمْ كِتَـٰبًا مِّنَ ٱلسَّمَآءِ ۚ فَقَدْ سَأَلُوا مُوسَىٰ أَكْبَرَ مِن ذَٰلِكَ فَقَالُوا أَرِنَا ٱللَّـهَ جَهْرَةً فَأَخَذَتْهُمُ ٱلصَّـٰعِقَةُ بِظُلْمِهِمْ ۚ ثُمَّ ٱتَّخَذُوا ٱلْعِجْلَ مِن بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ فَعَفَوْنَا عَن ذَٰلِكَ[10]– ފޮތުގެ أهل ވެރިން (އެބަހީ: يهودى ން) އެއުރެންގެ މައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ބާވައިލައްވައި ދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދި ދަންނަވަތެވެ. ފަހެ، ހަމަކަށަވަރުން، އެއަށްވުރެ ބޮޑުކަމަކަށް موسى ގެފާނުންގެ އަރިހުން އެއުރެން އެދި ދަންނަވާފައިވެއެވެ. ފަހެ، އެއުރެން ދެންނެވޫއެވެ. ތިމަންމެންނަށް، ފާޅުގައި اللَّه ދައްކަވާށެވެ! ދެން، އެއުރެންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ހޮނުގުގުރި އެއުރެންގައި ހިފިއެވެ. ދެން، އެއަށްފަހު، بيان ވެގެންވާ ހެކިތައް އެއުރެންގެ ގާތަށް އައުމަށްފަހު، (އަޅުކަންކުރުމަށް إله އެއްގެ ގޮތުގައި) އެއުރެން ގެރި ބޭނުންކުޅައޫއެވެ. ދެންވެސް، ތިމަންރަސްކަލާނގެ އެކަމުގެ ކުށް عفو ކުރެއްވީމެވެ.)) މި ބަސްފުޅުން އެނގޭ ގޮތުގައި މާތް ﷲ ބަނީ އިސްރާއީލު ބާގައިގެ މީހުންނަށް ޢަފޫ ކުރެއްވީ ﷲ ދޫކޮށް ގެރިއަށް އަޅުކަންކުރުމާ ވިދިގެންނެވެ. ޝިރްކަކީ އެންމެ ބޮޑު ކުށެވެ.
- ޢަފޫ ކުރެއްވުމާއި ފާފަފުއްސެވުމާއި ރަޙްމަތް ލެއްވުމަކީ އެހެން ހުރިހާ ކަމަކަށްވުރެ ހެޔޮކަން ބޮޑު ކަމަކަށް ވާތީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((لَمَغْفِرَةٌ مِّنَ ٱللَّـهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ[11]– اللَّه ގެ حضرة ން ފާފަފުއްސެވުމާއި، رحمة ލެއްވުން އެއުރެން އެއްކުރާ ތަކެއްޗަށްވުރެ މާ ހެޔޮކަން ބޮޑެވެ.))
ޢަފޫކުރެއްވުމާއި ފާފަފުއްސެވުމާއި ރަޙްމަތް ލެއްވުމުގެ ތަފާތު
ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާ މާތް ﷲގެ ބަސްފުޅު ((وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ[12]– އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ!)) ގެ ތަފްސީރުގައި ވިދާޅުވިއެވެ. އެބައިމީހުން ތިން ކަމަކަށް އެދުމަށްފަހު ދުޝްމަނުންގެ މައްޗަށް ނަޞްރު ދެއްވުމަށް އެދުނެވެ. މި ހަތަރު ނިޢުމަތުން މެނުވީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ނުވާނެތެވެ. ބާއްޖަވެރިކަމާއި ކާމިޔާބުގެ ނާރެހަކީ މި ހަތަރު ކަންތަކެވެ.
ފުއްސެވުމުގައި އެމީހުންގެ ކުށްފާފަތަކުގެ ނުބައިކަމުން ރައްކައުތެރިކަން ވެއެވެ.
ޢަފޫކުރުމަކީ ދޫކޮށްލުމެކެވެ. ފާފަ ފުހެދިނުމަކީ އިޙްސާންތެރިކަމާއި ދީލަތިކަން އެކަމުގައި އޮތް ކަމެކެވެ.
ރަޙްމަތުގައި މި ކަންކަން ހިމެނުމުގެ އިތުރަށް އޯގާވެރިކަން ހިމެނެއެވެ.
މި ތިން ކަމުގައި ވެސް ނުބައިކަމުން މިންޖުވުމާއި ހެޔޮކަން ކާމިޔާބުވުން ވެއެވެ.
[1] – أخرجه الترمذي (٣٥١٣) واللفظ له، والنسائي في «السنن الكبرى» (٧٧١٢)، وابن ماجه (٣٨٥٠)، وأحمد (٢٥٣٨٤)
[2] – أخرجه الترمذي (٣٥١٣)، وابن ماجه (٣٨٥٠) ، والنسائي في «السنن الكبرى» (٧٧١٢)، وأحمد (٢٥٤٩٥)
[3] – صحيح مسلم
[4] – الأعراف: 23
[5] – نوح: 28
[6] – غافر: 7 – 9
[7] – نوح : 28
[8] – إبراهيم: 41
[9] – محمد : 19
[10] – النساء : 153
[11] – آل عمران : 157
[12] – البقرة :286




advertisment