Support Us

ރޮހިންޔާގެ ރެފިއުޖީންތަކެއް މެލޭޝިއާއަށް ދަތުރުކުރުމުގެ ތެރޭގައި ގެނބިފައިވާކަމުގެ ބިރު ހީވެފައި

ރޮހިންޔާގެ ރެފިއުޖީންތަކެއް މެލޭޝިއާއަށް ދަތުރުކުރުމުގެ ތެރޭގައި ކަނޑުވެ، ގެނބިފައިވާކަމުގެ ބިރު ހީވެފައިވާ ކަމަށް މެލޭޝިއާގެ ކޯސްޓުގާޑުން ރިޕޯޓުކޮށްފިއެވެ.

ކޯސްޓްގާޑުގެ ޗީފް، މުޙައްމަދު ޒަވާވީ އަބްދުﷲ ވިދާޅުވި ގޮތުގައި މެލޭޝިއާގެ ރިސޯޓެއް ކަމަށްވާ ލަންކަވީ ކައިރީގަ މިހާދިސާ ހިނގާފައި ވަނީ ރޮހިންޔާގެ 25 ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބޯޓަކުން ކަނޑަށް ފުންމާލުމަށްފަހު ފަތާފައި ރިސޯޓަށް ދާންއުޅުމުގެ ތެރޭގައެވެ.

މި ހާދިސާގައި ސަލާމަތްވި 27 އަހަރުގެ ނޫރް ހުސެއިން ބުނިގޮތުގައި ބޯޓުން ފުންމާލުމަށްފަހު އޭނާ ވަނީ ފަތާފައި ރިސޯޓަށް އަރާފައެވެ. އޭނާ މިހާރު ވަނީ ތަހުޤީޤަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގެއްލުނު މީހުން ހޯދުމަށް މެލޭޝިއާގެ ކޯސްޓްގާޑުން މިހާރު ވަނީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށާފައެވެ. އެމީހުން ދަތުރުކުރަމުން އައި ބޯޓަށް ވީގޮތެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ މެލޭޝިއާއަކީ ބޯހިޔާވަހިކަން ހޯދުމަށް ގިނައަދަދެއްގެ ރޮހިންޔާ ރެފިއުޖީން ދަތުރުކުރާ މަންޒިލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *