Support Us

ކޮންޑޯ މަތިންދާބޯޓުތައް ބީޗު ތުވާލިތަކަކަށް!

ޢާންމުކޮށް ގިނަ މަތިންދާބޯޓުފަހަރު ހުދު ކުލައިގައި ފެންނާތީ ފޫހިވެފައި ތިބި ފަސިންޖަރުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެދާނެއެވެ؛ ޖަރުމަނުގެ މަޝްހޫރު އެއަރލައިނެއް ކަމުގައިވާ ކޮންޑޯގެ މަތިންދާބޯޓުތަކުގެ ބޭރުގެ ކުލަވަރު ވަރަށް ތަފާތު ފަރުމާއަކަށް ބަދަލުކޮށްލައިފިއެވެ. ކޮންޑޯ ބޯޓުތައް ދެން ފެންނާނީ ބީޗުގައި ބޭނުންކުރާ ތުވާލިތަކެއް ގޮތަށެވެ.

ފަސިންޖަރުންގެ ހިތް އުފާކޮށްދިނުމަށްޓަކައި ކޮންޑޯ އިން މުޅި ފުލައިޓުގެ ކުލަ ބަދަލުކޮށްލުން ގުޅިފައި މި ވަނީ އަންނަ ހޫނު މޫސުމުގެ ޗުއްޓީއާއެވެ. ކޮންޑޯއިން ބުނާ ގޮތުގައި މަތިންދާބޯޓު ޒީނަތްތެރިކުރުމަށް ތައްޔާރުކޮށްފައިވާ ހުރަސް ރޮނގުތަކުގެ ފަރުމާތައް ނަކަލުކޮށްފައި ވަނީ ބީޗު ކުޑަ، ބީޗު ތުވާލި އަދި ބީޗު ގޮނޑިންނެވެ.

މަތިންދާބޯޓުތައް ޒީނަތްތެރިކުރުމަށް ހުރަސް ރޮނގުތަކުން ފަރުމާކުރުމަށް ހަމަޖެހިފައިވަނީ ފަސް ކުލައަކުންނެވެ.

އެއީ؛

  1. ރީނދޫކުލަ (އިރުގެ ދަޅަ)
  2. ރަތްކުލަ (ޝައުޤުވެރިކަން)
  3. ނޫކުލަ (ކަނޑު)
  4. ފެހި (ރަށް)
  5. މުށިކުލަ (ގޮނޑުދޮށް)

ކޮންޑޯ އިން ބުނާގޮތުގައި މި ކުލަތަކަކީ ފަސިންޖަރުންނާއި އެއަރލައިންގެ މުވައްޒަފުންނަކީ ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން އައިސްފައިވާ ބައެއް ނަމަވެސް ދުނިޔެ ދެނެގަތުމުގެ ފުރުސަތުތައް ދައްކުވައިދޭނެ ކުލަތަކެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއަރބަސް އޭ320 އަދި ބޮއިންގ 757 އިތުރު ފަސް މަތިންދާބޯޓު ޒީނަތްތެރިކުރުމުގެ ގޮތުން ހުރަސް ރޮނގުތަކުން ކުލަ ލައި ފަރުމާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންޑޯ އިން ރަސްމީކޮށް އައު ޑިޒައިން ލޯންޗުކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ސަހަރެއް ކަމުގައިވާ ޓުލޫސްގައި އޮތް މުޅިން އައު އެއަރބަސް އޭ330ނިއޯ މަރުކާގެ މަތިންދާބޯޓެއްގައެވެ. ނަމަވެސް، މިހާރު ބޭނުންކުރަމުންދާ އެއާބަސް އޭ321 މަތިންދާބޯޓުގައި މާދަމާ އައު ޑިޒައިން ތަޢާރަފްކުރާނެއެވެ. މާރިޗު 23 ގައި ޒީނަތްތެރިކުރި މި މަތިންދާބޯޓު ފަރުމާކޮށްފައިވަނީ ރީނދޫކުލައިގެ ހުރަސް ރޮނގުތަކަކުންނެވެ.

ތަފާތު ކުލަތައް ބޭނުންކޮށްގެން މަތިންދާބޯޓުތައް ޒީނަތްތެރިކުރަމުންދަނީ ހަމައެކަނި ޖަރުމަނުގެ ކޮންޑޯ އެއަރލައިނުން އެކަންޏެއް ނޫނެވެ. އައިސްލޭންޑް އެއާރ އިންވެސް ފަސް ވައްތަރެއްގެ ތަފާތު ޑިޒައިންތަކުން މަތިންދާބޯޓުތައް ޒީނަތްތެރި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *