Support Us

ރަމަޟާން ކަރީމު

އަޅަމެނާމެދު ރުއްސަވާ އަދި ފުއްސަވާ رب الرحيم
އަޅަމެނަށް އަޅުކަމުގެ ލެއްވެވި ޚާއްސަ މަސް رمضان كريم

ފުސްކަމެއްނެތް ސާފު ޠޯހިތު ރަޙްމަތުގެ މަތިވެރި ނަޞީބު،
ހުސްއަތާ ދޫކޮށް ނުލައްޗޭ! އައިމި މާތް رمضان كريم

އަހަރަކުން އެއްފަހަރު އަޅަމެންނަށް ލިބޭމީ ފުރުޞަތެއް
ޢަދަދު ގުނަކޮށް މަތިކުރަން، އަޅުކަމުގެމީ رمضان كريم

އެކުވެގެން އެއްހާސްމަހާ އެއްވަރު ސަވާބު ލިބޭރެޔެއް
އެކުލެވޭ މާތް، ليلةالقدرގެ މަހެއް رمضان كريم

ސުވަރުގޭ ދޮރުކޮޅު ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވާ،
ނުހަނު ދީލަތި ފުރްޞަތެއް އަޅުކަންކުރަން رمضان كريم

ހިތްތަކަށް ވަސްވާސްދޭ ޝައިޠޯނުތައް ކަސްތޮޅު އެޅުވި،
ހިތްތަކަށް އީމާން ކަމެއް ގެނުވައި ދެޔޭ رمضان كريم

އެކި ދިހާގައި ފުއްސެވުން، އަދި ރުއްސެވުން، އަދި ދިންނެވުން،
އެކި އުފާވެރި ރަޙްމަތުންވާ މައްސަރެއް رمضان كريم

މައި ބަފައިންނާ ޢާއިލާޔާ ރައްޓެހިން ރަޙްމަތް ތެރިން،
އަދި ފަގީރުންނަށް އެހީވާން ޚާއްސަ މީ رمضان كريم

އަހަރު ދުވަހުން ވޭތުވީ، މި އެގާރަމަސް ދުވަހުގެ ތެރޭ
"ޢަމަލުކުރެވުނު ފާފަޔަށް ތައުބާވުމަށް" رمضان كريم

ފުރުޞަތެއްމީ މުސްލިމުންނޭ! ޖައްނަތުގެ ނިޢުމަތް އަދައި،
ފުރުސަތުގެ ބޭނުން ހިފައި، އަޅުކަން ކުރަން رمضان كريم

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *