Support Us

ޒުވާން ފަލްސަފާވެރިޔާއާއި ކުކުޅު

ޒުވާން ފިލޯސަފަރަކު ޕީ.އެޗް.ޑީ ހާޞިލް ކުރުމަށްފަހު އޭނާގެ މުސްކުޅި ބައްޕަ އަށް ޒިޔާރަތެއް ކުރިއެވެ. އެހިނދު އޭނާގެ ބައްޕަ އެކަމުގެ އުފަލުގައި ކުކުޅެއް ކަތިލައި ވަރަށް ފުރިހަމައަށް މެންދުރުގެ ކެއުން ތައްޔާރު ކުރިއެވެ.

ކެއުމަށް އިންސާފުކުރުމަށް ދެބަފައިން ކާމޭޒު ކައިރީ އިށީނދެފައި ބައްޕަ ސުވާލުކުރިއެވެ.

"ދަރިފުޅާއެވެ. މިހާރު ދަރިފުޅަކީ ޑޮކްޓަރަކީމުއެވެ. ދަރިފުޅު މިހާރު ބަލިމީހުންނަށް ފަރުވާ ކުރަންހެއްޔެވެ؟"

ޖަވާބުގައި ދަރިފުޅު ބުންޏެވެ. "ބައްޕާއެވެ. ނޫނެކެވެ. އަހަންނަކީ ބަލިމީހުން ބަލާ ޑޮކްޓަރެއް ނޫނެވެ. އަހަންނަކީ ފަލްސަފާވެރިޔަކީމުއެވެ. ފަލްސަފާވެރި ޑޮކްޓަރަކީމުއެވެ."

ބައްޕަ އަނެއްކާވެސް ސުވާލުކުރިއެވެ. "ފަލްސަފާ ވެރިންނަކީ ކޮބައި ހެއްޔެވެ؟ އެކަމުން ދަރިފުޅަށް ކުރަނީ ކޮން މަންފާއެއް ހެއްޔެވެ؟"

ޖަވާބުގައި ޒުވާން ފަލްސަފާވެރިޔާ ބުންޏެވެ. "ބައްޕާއެވެ. ފަލްސަފާވެރިން މަސައްކަތް ކުރާ ގޮތް ބައްޕައަށް ކިޔައިދެން ހެއްޔެވެ؟ ނިކަން ބަލާބަލާށެވެ. މޭޒުމަތީގައި މިހުރީ ބަތް އެއްޗެކެވެ. އޭގެ މަތީގައި އެއޮތީ އެންމެ ކުކުޅެކެވެ. އެހެން ނޫންހެއްޔެވެ؟"

ޖަވާބުގައި މުސްކުޅު ބައްޕަ ބުންޏެވެ. "އާނއެކެވެ. ތިޔައީ ތެދެކެވެ."

އެހިނދު ޒުވާނާ އޭނާގެ ވާހަކަ ފުރިހަމަކުރަމުން ބުންޏެވެ. "ބައްޕާއެވެ. ފަލްސަފާގެ ސައިންސުގެ އަލީގައި އަހުރެން ބައްޕަ އަށް، މޭޒުމަތީގައި އޮތީ ދެ ކުކުޅުކަން ގަބޫލު ކުރުވަފާނަމެވެ. ފަލްސަފާވެރިންނަކީ އެއީ އެވެ."

ޖަވާބުގައި ބައްޕަ ބުންޏެވެ. "މާޝާ ﷲ އެވެ." އެއަށްފަހު މޭޒުމަތީގައި އޮތް ކުކުޅު ބައްޕައާ ގާތްކޮށްލުމަށްފަހު ބުންޏެވެ. "ބައްޕަ މި ކުކުޅު ކާލަނީއެވެ. ސައިންސުގެ އަލީގައި ދަރިފުޅަށް ތިޔަ ފެންނަ ދެވަނަ ކުކުޅު ދަރިފުޅު ކާލާށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *