Support Us

ފުވައްމުލަކުގެ ގެއަކަށް މީހަކު ދަންވަރު ވަދެ ސިހުރު ވެލި އުކާ މަންޒަރު ފެންނަ ވީޑިއޯއެއް

ޏ. ފުވައްމުލަކުގެ ގެއަކަށް ދަންވަރު ވަގުތުގައި މީހަކު ވަދެ، ސިހުރު ވެލި އުކާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ފުވައްމުލައް، ދިގުވާޑު، ކެއުޅުގޭ ސީ.ސީ ކެމެރާއިން ރެކޯޑްވެފައި ހުރި މި ވީޑިއޯއިން ފެންނަނީ ހުސްވި ޖަނަވަރީ 21 ވަނަ ދުވަހުގެ ރޭ 12:17 ގައި، އުމުރުން ދުވަސްވެފައި ހުރި މީހަކު އެގޭ ގޭޓުން ވަދެ ހުރެ، ގޯތިތެރޭގެ އެތަންމިތަނަށް ވެލި އުކާ މަންޒަރެވެ. އެ ގޭތެރޭގައި ދޮޅު މިނިޓެއްހާއިރު އޭނާ ހޭދަކޮށްފައިވެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ އެގޭ ގޭޓުން ވަނުމުގެ ކުރިން ވެސް، ދޮރުމަތީގައި އިރުކޮޅަކު މަޑުކޮށްލައެވެ. އަދި ގޭތެރެއަށް އޭނާ ވަންނަނީ މަގުމަތިން އަންނަ ސައިކަލެއްގެ އަލި ފެނުމުންނެވެ.

ގޭތެރޭގެ އެކި ތަންތަނަށް ވެލި އުކުމަށްފަހު އޭނާ ގެއިން ނުކުމެ ދުއްވައިގަންނަ މަންޒަރުވެސް ވީޑިއޯ އިން ފެނެއެވެ.

ކަޅާއި ހުދުގެ މި ވީޑިއޯ ފޭސްބުކްގައި ހިއްސާކުރަމުން، ކެއުޅުގޭ އާއިލާގެ އަހުމަދު ސިނާން މިއަދު ބުނެފައި ވަނީ އެއީ އޭނާގެ އެއްބަފާ ބޭބެއެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ އެއްބަފާ ބޭބެ ހަސަން އިބްރާހިމް ދީދީ ޖެނުއަރީ 21 ވަނަ ދުވަހު މެންދަމު އަޅުގަނޑުމެން ދިރިއުޅޭ ގެއަށް ސިހުރު ހަދާ މަންޒަރު. ގިނަ ބަޔަކަށް މި ކަންތައް ގަބޫލު ކުރަން ދަތިވެދާނެ. ޙުދު އަޅުގަނޑަށްވެސް ގަބޫލު ކުރަން ދަތި. ސަބަބަކީ މީނާ އަކީ ހާފިޒެއް، މިސްކިތެއްގެ މުދިމެއް، ހުކުރު ކުރުމުގެ ހުއްދަ އޮވޭ، ރަށުގެ ގިނަ ބަޔަކު ގަދަރު ކުރަމުން އައި މީހެއް. ޔާ الله ސިހުރުވެރިންގެ ނުބައި އަތްތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވާނދޭވެ. އާމީން!" ސިނާން ލިޔެފައިވެއެވެ.

ސިނާންގެ މި ވީޑިއޯ ފޭސްބުކަށް ލީތާ ގަޑިއެއްހާއިރު ތެރޭގައި 9،200 ފަހަރު ބަލައި، 400 އަށް ވުރެ ގިނަ މީހުން ޝެއަރކޮށްފައިވެއެވެ.

"އަދިވެސް" އާ ވާހަކަ ދައްކަމުން ސިނާން ބުނީ އެ ގޭގައި މިދިޔަ އަހަރު ސީ.ސީ ކެމެރާ ހަރުކުރީ ވެސް މި ކަމަކަށް ޝައްކުވެގެން ކަމަށެވެ. މި ކަމެއް އުފެދުނީ، ބައްޕަގެ ގޯތި ބެހުމުގައި، ބައްޕަގެ 14 ކުދިންގެ ތެރެއިން، ގޯތި ނެތް ކުދިންގެ މެދުގައި އެކަނި ގޯތި ބެހި ހިސާބުން ކަމަށް ސިނާން ބުނެއެވެ.

"އޭނާ ގެތޭރެއަށް އުކަނީ ސަހަރާގެ މަހާނައަކުން ނަގައިގެން އުޅޭ ވެލި ކަމަށް ޝައްކުކުރެވެނީ،" ސިނާން ބުންޏެވެ.

ގޭތެރެއަށް ސިހުރު ވެލި އުކި މައްސަލަ، ޖެހިގެން އައި ދުވަހު ފުވައްމުލަކު ޕޮލިސްއަށް ހުށަހަޅައިފައިވާ ކަމަށް ވެސް ސިނާން ބުންޏެވެ. އަދި އޭގެ ފަހުން ވެލިޖެހުން ހުއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޙާފިޒަކަށް ވުމަކީ ތިޒާތުގެ ކަންކަން ނުކޮށްފާނެ ކަމަށް ބަލައިގެން ނުވާނެ ކުރަންވީ ކަމަކީ ތި ޖާހިލު މީހާ ރަނގަޅަށް ފަޟީޙަތް ކޮށްލަންވީ. ދޫނުކުރާތި ތިމީހާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *