Support Us

ބްލެކްމާކެޓުގައި ވިއްކާލަން އުޅުނު ބޮނޑުތަކެއް ރައިސް ކުކަރުތަކެއްގެ ތެރެއިން ހޯދައިފި

ޗައިނާގެ ބްލެކް މާކެޓުގައި ވިއްކާލަން އުޅުނު އޮސްޓްރޭލިއާގެ ބޮނޑުތަކެއް ރައިސް ކުކަރުތަކެއްގެ ތެރެއިން ހޯދައިފިއެވެ. މިކަމާ ގުޅިގެން 28 އަހަރުގެ ޓައިވާނު މީހަކު ވަނީ ހަ މަހަށް ޖަލަށްލުމަށް ހުކުމްކޮށް، އެ ޤައުމުން ޑީޕޯޓުކޮށްލައިފައެވެ.

މި ބޮނޑުތައް ފެނިފައި ވަނީ ބަންދުކޮށްފައިވާ ރައިސް ކުކަރު ފޮށިތަކެއް އޮސްޓްރޭލިއާގެ ކުއީންސްލެންޑް ޕޯސްޓު އޮފީސް މެދުވެރިކޮށް ޗައިނާއަށް ފޮނުވަން އުޅުމުގެ ތެރޭގައެވެ.

ޕޯސްޓް އޮފީގައި މަސައްކަތް ކުރާ މުވައްޒަފެއް ބުނިގޮތުގައި އެ ފޮށިތަކުގެ އެކްސްރޭ ނެގިއިރު، ފޮށިތަކުގެ ތެރެއިން ވަނީ އާދަޔާހިލާފު ހިޔަނިތަކެއް ފެނިފައެވެ. އަދި އެކަމާ ގުޅިގެން ކުއީންސްލޭންޑް ޕާކްސް އެންޑް ވައިލްޑްލައިފަށް އެންގުމުން ކަމާބެހޭ ފަރާތްތަކުން އައިސް ފޮށިގަނޑު ކެނޑުމުން ކުކަރު ތެރޭގައި އިސްޓާކީނާއި ފޮތިކޮޅުކޮޅު ތެރެއަށް އެތައް ބާވަތެއްގެ ބޮނޑު އަޅާފައިވަނިކޮށް ވަނީ ހޯދިފައެވެ. އޭގެ ތެރޭގައި އަލްބީނޯ ބްލޫ ޓަންގް، ބިއަރޑަޑް ޑްރެގަން އަދި ޝިންގަލްބެކް ލިޒާޑް ހިމެނެއެވެ.

ކުއީންސްލޭންޑް ޕާކްސް އެންޑް ވައިލްޑްލައިފްގެ އޮޕަރޭޝަންސް ކޯޑިނޭޓަރ ވޮރަން ކްރިސްޓަންސަން ބުނިގޮތުގައި މިފަދަ ބޮނޑަކީ އޭގެ އާދަޔާޚިލާފު ރީތިކަމުގެ ސަބަބުން އެތައް ހާސް ޑޮލަރަށް ބްލެކް މާކެޓުގައި ވިއްކަމުންދާ ބާވަތްތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *