ހުޅުމާލެ، ސިޓީ ފާމަސީ-2 އިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ މިދިޔަ އަހަރުގެ ނޮވެމްބަރ ނުވަ ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ، ސިޓީ ފާމަސީ-2 އިން ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުޅުމާލެ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ފާމަސީ ތެރެއަށް އެ މީހާ ވަދެ، މޫނު ނުފެންނަ ގޮތަށް ނިވާކޮށްގެން ވަތްގަނޑުތައް ހާވަމުންދެއެވެ.
"ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ



advertisment