Support Us

ސްޓެލްކޯގެ ކުރީގެ ޗެއާމަންގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައިފި

ސްޓެލްކޯގެ ކުރީގެ ޗެއާމަން އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ ހަނދާނުގައި ސްޓެލްކޯގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ލިޔުއްވައި ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް މުޙައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާޢަތު ކުރިއަރުވައި ތަރައްޤީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިޚްލާޞްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޚިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ.

ޚިދުމަތުގެ ދާއިރާގައި މަރްޙޫމް މުޙައްމަދު ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ޚިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައި ކަމަށާއި މުޙައްމަދު ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް މުޙައްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

އަލްމަރްހޫމް މުޙައްމަދު ރަޝީދު ވަނީ ސްޓެލްކޯގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. މާލޭ އިންޖީނުގެ ގޭގެ އެންމެ އާދައިގެ ވަޒީފާއަކުން ޚިދުމަތާ ގުޅިވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ އެކި މަޤާމުތަކުގައި ޚިދުމަތްކުރައްވައި އެންމެ ފަހުން ހުންނެވީ ސްޓެލްކޯގެ ޗެއާމަންގެ މަޤާމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް