Support Us

ރާބިޠާގެ ސެކްރެޓަރީ ޖެނެރަލަށް ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް އަރުއްވައިފި

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ.

މި ޢިއްޒަތް ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް އެރުވީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަޙުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާ ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ނިސްބަތް ވަނީ އައްސުލްޠާން އިބްރާހީމް ކަލާފާނަށެވެ. މިއީ މީލާދީން 1585ން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަންކުރެއްވި ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް