ބ. ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުން އަތުލައިފައިވާ 183 ފުޅި ބަނގުރަލާއި 174 ދަޅު ބިޔަރު ނައްތާލައިފިއެވެ.
މި ބަނގުރާތައް ނައްތާލުން މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އެ ތަކެއްޗަކީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށް ވެސް ފުލުހުން ބުނެއެވެ.
"ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment