Support Us

ރިޔާސީ ބަޔާން 2022: ތިލަމާލެ ބްރިޖްގެ ސަބަބުން ހުރިހާ ދާއިރާއަކުން ފަސޭހަކަން ލިބިގެންދާނެ: ރައީސުލްޖުމްހޫރިއްޔާ

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. ހައިސްޕީޑް ފެރީ ނެޓްވޯކް ޤާއިމުކުރުމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ބޮޑުތިލަދުންމަތީގައި މި ޚިދުމަތް ފެށުމަށްޓަކާ ލޯންޗްތައް ކުޅުދުއްފުއްޓަށް ގެންގޮސް ޓްރަޔަލް ދަތުރުތައް އިއްޔެ ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީގެ ދަށުން ހިންގޭ ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު މިފަދަ ޢުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ ސަރަޙައްދީ ބަނދަރުތަކަށް ބައިނަލްއަޤްވާމީ ކާގޯ ޚިދުމަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ދެކުނަށް މުދާ އުފުލަނީ ރާއްޖޭގެ ޤައުމީ އާގުބޯޓު ކުންފުނިންކަން ފަހަގަކުރައްވައި، މިއީ ކޯވިޑްގައި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާ ބޭހާ ކާޑަށް ހުއްޓުމެއް އަޔަ ނުދިނުމަށް ފެށި އާ ފެށުމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނިން ބޮޑު ކުރިއެރުމެއް ހޯދައި އިތުރު އާގުބޯޓެއް މިހާރު ގަނެ، މެރިޓައިމް ދާއިރާއިން ދިވެހިން ތަމްރީނު ވުމަށް އެކުންފުނިން ފުރުޞަތުތައް މިހާރު އިޢުލާން ކުރަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުރިއެރުންތައް ސިފަކުރެއްވީ މިއީ އޮއްސި ފުސްވަމުން ދިޔަ ރާއްޖޭގެ މި ދާއިރާގައި އަލުން ކުލަ ޖެހުން ފަދަ ކަމެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް