Support Us

ރިޔާސީ ބަޔާން 2022: ޕަބްލިކް ހެލްތްކެއަރ ޕޯޓަލް 58 ރަށެއްގައި ތަޢާރަފްކޮށްފިން، ޕްރައިމަރީ ކެއަރގެ ޤާނޫނީ އޮނިގަނޑު މިއަހަރު މަޖިލީހަށް ފޮނުވާނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. ރާއްޖޭގައި ލާމަރުކަޒީ އުޞޫލުން ޕްރައިމަރީ ހެލްތް ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމު ކުރުމުގެ ތައްޔާރީތައް ސަރުކާރުން ކުރަމުން އަންނަކަން ވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ ނިޒާމު ލާމަރުކަޒުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ ފަސް ސަރަޙައްދުގައި ތަރައްޤީކުރާ ފަސް ޓަރޝަރީ ހޮސްޕިޓަލުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުންތަކަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

އެގޮތުން މިހާރު ސީޓީ އަދި މޯބައިލް އަލްޓްރާ ސައުންޑް ސްކޭނާ އެކު ލެބޯރޓްރީ ނިޒާމް މި ހޮސްޕިޓަލުތަކުގައި ފުރިހަމަ ކުރެވިފައިވާކަމަށާއި އުތުރާއި ދެކުނުގައި އެމްއާރްއައި ޚިދުމަތާއި ހިތުގެ ބަލިތައް ދެނެގަނެ ފަރުވާދެވޭނެ ނިޒާމް މިހާރު ޤާއިމް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޑޮކްޓަރ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލު ފިޔަވައި އަނެއް ހަތަރު ހޮސްޕިޓަލުގައި ފުރިހަމަ ޑެންޓަލް ޚިދުމަތް ފޯރުކޮށްދެމުން އަންނަކަމަށާއި އެ ހޮސްޕިޓަލުގައި ވެސް މިކުއާޓަރގައި އެ ޚިދުމަތް ފުރިހަމަ ކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ ގޮތުން މިހާރު އެމްބިއުލަންސް ނުފޮނުވި ހުރި ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްތައް ލިބި އަންނަ މާރޗް މަސް ނިމޭ ހިސާބުގައި ރަށްތަކަށް ފޮނުވޭނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ނަފްސާނީ ސިއްޙަތުގެ ޚިދުމަތް އަތޮޅު ތެރެއަށް ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މިހާރު ރާއްޖޭގެ 5 އަތޮޅަކުން ސައިކޭޓްރިސްޓުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. ސަރުކާރުން ޤާއިމްކުރި، ސެންޓަރ ފޯރ މެންޓަލް ހެލްތުން މިހާތަނަށް 41,890 ކޮންސަލްޓޭޝަން ހަދާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމް ކުރަމުންދާ މި ސެންޓަރުގެ އިންޕޭޝަންޓް ކެއަރ ޔުނިޓް އަންނަ އޭޕްރިލް މަހު ނިންމާލެވޭވަރު ވާނެކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް