...

Support Us

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ، އޯޕީޖީގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ޚިދުމަތް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ރަސްމީގޮތުން މިއަދު ފަށްޓަވައިދެއްވައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ޚިދުމަތް ފަށައިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ނިޔަލަށް އެ ހޮސްޕިޓަލުން 45 ސީޓީ ސްކޭން ހަދާފައިވެއެވެ. މީގެ އިތުރުން މިހާތަނަށް އެ ހޮސްޕިޓަލުން ތިން މެމޮގްރަފީ އަދި 95 އޯޕީޖީގެ ޚިދުމަތް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އުނގޫފާރުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ޚާއްޞަކޮށް ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކޮށް ޚިދުމަތްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ބާރަށް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންނަށް މަޖުބޫރުވާ ފަދަ ގޮތަކަށް ކަންކަން ކޮށްގެން ވަކި ދިމާއަކަށް ރައްޔިތުން ގެންދިއުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެކަން ފާހަގަކުރައްވައި އޭގެ ބަދަލުގައި މި ސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރަނީ އެބަޔަކު ދިރިއުޅޭ އަތޮޅުގައި ނުވަތަ ރަށެއްގައި އާއިލާއާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޞިއްޙީ ޚިދުމަތްތައް ލާމަޒުކަޒުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސީޓީ ސްކޭންގެ ޚިދުމަތަށް ބަލާލިނަމަވެސް ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި މާލެ ފިޔަވައި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 3،000 ވަރަކަށް މީހުންނަށް މި ޚިދުމަތް ލިބިދީފައިވާކަމުގައެވެ. އަދި މި ޚިދުމަތްތަކަކީ މީގެ ކުރިން ބޮޑު ޚަރަދުކޮށްފައި މާލެ އައިސްގެން ނޫނީ ނުލިބޭ ޚިދުމަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަށްފަހު ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި އެ ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.