...

Support Us

ބިޑް ޕްރޮޕޯސަލް އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލެއް އެޗް.ޑީ.ސީން ތައާރަފުކޮށްފި

ބިޑް ޕްރޮޕޯސަލް އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލެއް ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން މިއަދު އިފްތިތާޙްކޮށްފިއެވެ.

އެޗް.ޑީ.ސީން ބުނީ މިއީ ބިޑް އަދި ޕްރޮޕޯސަލް އޮންލައިންކޮށް އެއް ޕޯޓަލަކުން ހުށަހެޅުމަށް ރާއްޖޭގައި ހުޅުވާލެވޭ އެންމެ ފުރަތަމަ އޮންލައިން ޕޯޓަލް ކަމަށެވެ. މިފަދަ ޕޯޓަލެއްގެ ބޭނުމަކީ ބިޑް ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަވާނޭ ގޮތަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންތައް ކުރިޔަށް ގެންދިޔުމާއި ކަރުދާސް ބޭނުން ކުރާ މިންވަރު މަދު ކުރުން ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި އޮންލައިންކޮށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސަބަބުން ވަގުތު ސަލާމަތްވެ ފަސޭހަކަމާ އެކީ މިކަން ކުރުމަށް މަގު ފަހިވެގެންދާނޭ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

"މި ޕޯޓަލް މެދުވެރިކޮށް ބިޑްތަކުގެ ސްޓޭޓަސް ބަލާލެވުމުގެ އިތުރުން ޕްރޮޕޯސަލްތަކަށް ހުށަހަޅާފައިވާ ފަރާތްތަކަކީ މި ކަމަށް ޤާބިލު ފަރާތެއްކަން ވެސް ޔަގީންކުރެވޭނެއެވެ. މި ކޯޕަރޭޝަންގެ ފަރާތުން ހުޅުވާލާ އާރް.އެފް.ޕީ ތަކާއި ބިޑްތަކަށް ޕްރޮޕޯނަންޓްސް އާއި ވެންޑާސްގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން ޕްރޮޕޯސަލް އަދި ބިޑް ހުށަހެޅޭނެއެވެ. މި ޕޯޓަލް ބޭނުންކުރުމަށް އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. އަދި ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުންވެސް ބިޑްތަކާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް މި ޕޯޓަލް ބޭނުންކުރެވިދާނެއެވެ. ބިޑް އަދި ޕްރޮޕޯސަލް ސަބްމިޝަން ޕޯޓަލްގެ ޚިދުމަތް ލިބިލައްވާނީ މި ކޯޕަރޭޝަންގެ މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށެވެ." އެޗް.ޑީ.ސީން ނެރުނު ބަޔާނުގައިވެއެވެ.

މި ޕޯޓަލް މިއަދު އިފްތިތާޙް ކޮށްދެއްވީ މިކަމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ ޗެއަރމަން މުހައްމަދު ޖައިޝް އިބްރާހިމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.