...

Support Us

ނ. އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނ.އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރޭގައި މާފަރާއި ލަންދުއާއި މަނަދުއާއި މަގޫދޫ އަދި ހޮޅުދޫ ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ނ. އަތޮޅު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެ ބޭފުޅުން ވަނީ ރަށްރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދަތުރުކުރެއްވި ގިނަ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވައި ލައްވައި، ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ބައްލަވާލައްވަފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައިދެއްވައި، މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވައި، ހޮޅުދޫ ފުޓްބޯޅަދަނޑު ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *