މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް އެ މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން އެ ދެ މީހުން ހޯދަން އިއުލާން ކުރީ ތަހުގީގަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ އެވެ.
ތަހުގީގަށް ހޯދާ ދެ މީހުން
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އދ. މާމިގިލި / ނޭޕާލް، ޢާއިޝަތު މާޝާ ޝާހީން (26އ)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A287096
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ހއ. ހޯރަފުށި / އަޝްރަފީގެ، ނައުފަލް އަޙްމަދު (33އ)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A260141
ހާޒިރުކުރެވޭ ހައިސިއްޔަތު: އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ހުސައިން އާދަމް ބިލްޑިންގ، 2022 ޖަނަވަރީ 13 ވަނަ ދުވަހުގެ 10:00 އަށް



advertisment