Support Us

އަޑުގެ "ބާއްޖަވެރި ހެނދުނެއް"ގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މި ޕްރޮގްރާމަކީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އަޑުގެ 59 ވަނަ އަހަރީދުވަހުގެ މުނާސަބާގައި ގެނެސްދިން ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ. އަދި ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކުޅިވަރުގެ ދާއިރާއަށް ބަހައްޓަވާ ޝައުޤުވެރިކަން ވަރަށް ތަފްޞީލުކޮށް ޙިއްޞާކުރައްވާފައެވެ. އެގޮތުން ވޮލީ ކުޅުއްވަން ކުޑައިރުއްސުރެ ހުންނަ ޝައުޤުވެރިކަން އެމަނިކުފާނު ޚާއްޞަގޮތެއްގައި ފާހަގަކުރެއްވެވިއެވެ. އަދި ކުޅިވަރަކީ ކިޔެވުމާއެކު ކުރިއަށްގެންދަން މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވެވިއެވެ.

ހަމަ އެއާއެކު މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހަޔާތުގައި ކާމިޔާބު މީހަކަށް ވުމުގައި އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކުރިމަގެއް ގޮތުގައިކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެމީހަކު ލޯބިވާ ފަސްގަނޑުގައި އެމީހެއްގެ އާއިލާއާއެކު ދިރިއުޅުމަށް ފުރުޞަތު ތަނަވަސްކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ލޯފަންކުދިން ތަޢުލީމީ ނިޒާމަށް ވެއްދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މި ޕްރޮގްރާމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަތައްވެސް އަޑުއެހުންތެރިންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކުޑައިރުގެ ދިރިއުޅުއްވުމާ ސްކޫލު ދައުރުގެ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބައެއް އާއިލާ މެންބަރުންނާއި، އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް