ހުޅުމާލޭގެ ރަޖިސްޓަރީ ބާޠިލްކުރި ނިންމުމަށް އަމަލު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ސިވިލްކޯޓުން މިއަދު ނެރެފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް ސިޓީ ކައުންސިލުން ހަދައިދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް މި މަހުގެ ނުވަ ވަނަ ދުވަހު އެ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމުގައި ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެޗް.ޑީ.ސީން ސިވިލްކޯޓަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން މިއަދު ނެރުނު ވަގުތީ އަމުރުގައި ވަނީ ސިޓީ ކައުންސިލުގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި، ސިޓީ ކައުންސިލްގެ މި ނިންމުން ތަންފީޛުކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށާއި، ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިޞިއްޔަތުން ލިބިފައިވާ އެންމެހައި ޤާނޫނީ ޙައްޤުތަކާއި، ބިމާ ގުޅިގެން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްޤީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗް.ޑީ.ސީން ކުރަމުން އައި ކަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، ކުރަމުންދާނަމަ އެކަމެއް ހުއްޓުވައިދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގާ އަމުރުކޮށްފައެވެ.
އެޗް.ޑީ.ސީން އަދި ބުނީ ހުޅުމާލެ ފޭސް 1 އަދި 2 އަކީ އެ ކޯޕަރޭޝަނުގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ބިކަމަކަށް ވެފައި، މި ސަރަހައްދުތައް ބެލެހެއްޓުމަށް ގިނަ ހިދުމަތްތަކެއް ދެމުންގެންދާ ސަރަހައްދުތަކެއް ކަމުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނައިސް އެ ކޯޕަރޭޝަނުން އަދާ ކުރަންޖެހޭ އެއްމެހާ ޒިންމާތައް އަދާކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް ވެސް ދޭ ކަމަށެވެ.



advertisment
One Response
އަސްލު ބާތިލު ކުރަންވީ މާލޭ މުނިސިޕަލްޓީގެ ރަޖިސްޓްރީއެވެ. އެމީހުން ހިތުން މިތަނުގައި މިހާރު ވެރިއެއް ސަރުކާރެއްވެސް ނެތެވެ. މިމީހުންނަށް ހުޅުމާލެ މީ ރަންގަޑެކެވެ. މިތަނުގައި ހުރި ހުސްބިންތަކަށް ޔާމީނުއިރު ހެދިހެން ރެޑްވޭވް ސަލީމްމެންނަށް ބަހާލާ ބޭނުންގޮތެއް ނެހެދިގެން މިއުޅެނީ އެޗްޑީސީ އާއި ހެދިއެވެ.