ތިމާއަށް ބަލަ ތިމާ ފެނުމަށްވުރެން ވަކި މޮޔަކަމެއް ނޯވޭ!
ދިމާއަށް އަންނަ ތީރުތަކުން ސަލާމަތް ވާކަށެއް ނޯވޭ!
މަ ވަރު މީހަކުނެތޭ ހީކޮށް ހިތަށް އެރިހައި ކަމެއްކުރަމުން
ނުވަރު"ބޫޓަށް"އަރަން އުޅުމުން އެ ހެޔޮވަރުވާ ގޮތެއް ނޯވޭ!
އުހަށް ދެވިދާނެޔޭ ހީކޮށް ހަދާ މަކަރާއި ހީލަތުގައި
ނުހައްގުން ކާމިޔާބު ވިޔަސް،އެކަން ދެމި އަބަދަކަށް ނޯވޭ!
ލަފާ މީހެއްކަމަށް ދަށްކަން ދެ މޫނުގެ ވެރިޔަކަށް ހުރެގެން
ވަފާ މި ލަފުޒު ދުލުން ކިޔަކަސް ކުރާނޭ ރާޙަތެއް ނޯވޭ!
ހިނގާ ހިނގުމާއި ހަރަކާތުން ކިތަންމެ ފުޅާވެފައި ހުއްޓަސް
ހިނގާ ގޮތް ދުނިޔެ ނޭނގެންޏާ ލިބޭނޭ ޢިއްޒަތެއް ނޯވޭ!
އިވޭހައި އަޑުތަކަށް ލެބިލައި ނެށޭނަމައީ ނުއެނގި ހުރެގެން
އިވޭ ލަޢުނަތުގެ އަޑުތަކަކަށް ޖަވާބެއް ދޭކަށެއް ނޯވޭ!
ޖަމާޢަތުގައި ގަދަރު އުފުލާން، އެދޭނަމައީ ޝަރަފުވެރިވާން
ސަމާލުވެ ޢިއްފަތާ އަބުރަށް އުޅުން ނޫން އެއްގޮތެއް ނޯވޭ!
ކުރާ ކަންކަން ކުރާ އިރުގައި ފަހަށް ވިސްނާ ނުލެވުނިއްޔާ
ތުރާލުން މިންޖު ވާނެގޮތެއް ފަހުން ފެންނާކަށެއް ނޯވޭ!