Support Us

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވާއިރު އަންހެނުން އިޤްތިޞާދީ ގޮތުން މާބޮޑަށް ބާރުވެރިކުރެވޭނެ: ރައީސް

ސަރުކާރުގެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އަންހެނުން އިޤްތިޞާދީ ގޮތުން މިހާރަށް ވުރެ މާބޮޑަށް ބާރުވެރިކުރެވޭނެ ކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވިމެން އިން މެނޭޖްމަންޓްގެ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021″ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނުގެ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް، ނޭޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި، ވަކި ލިސްޓެއް އެކުލަވާލެއްވިކަން ފާހަގަކުރެއްވިއެވެ. އަދި އެ ލިސްޓުގައި ކުރަން ކަނޑައަޅާފައިވާ އެއްކަމަކީ، ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭން ކަމުގައިވާ "ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން" ތަންފީޒު ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ޕްލޭންގެ މުހިންމު އެއް ބަޔަކީ ޤައުމީ ފެންވަރުގައި ހިންގާ ކޮންމެ ޙަރަކާތެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިންތީގެ ތަފާތުތައް ނައްތާލައި، ސިޔާސީ އަދި އިޖްތިމާޢީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ މުހިންމު ވަޢުދެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 2021 ވަނަ އަހަރުގެ ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގައި ފާހަގަކޮށްފައިވާ، ރާއްޖެ ހޯދާފައިވާ ބައެއް ކުރިއެރުންތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވަމުން މިހާރު މިންތީގެ ތަފާތުތައް އެންމެ ބޮޑު ދާއިރާކަމުގައިވާ ސިޔާސީ އަދި އިޤްތިޞާދީ ދާއިރާގައި މިތަފާތުތައް ކުޑަކުރުމަށް، ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުޙަލާގެ މޭޒު ދޮށަށް ގެނައުންކަމުގައެވެ.

މި ރަސްމިއްޔާތުގައި، އެންމެ ޝަރަފުވެރި އެވޯޑްތައް ހާޞިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ވިމެން އިން މެނޭޖްމަންޓުގެ ރާއްޖޭގެ ގޮތްޕެވެ. އެޖަމުޢިއްޔާއިން ދެމުން އަންނަ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިސްލާންދީނުގައި ވަނީ އަންހެނުން ފިރިހެނުންގެ މައްޗައް ބާރުވެރި
    ކުރުމަށްތަ. ބަލަ އަމިއްލަ އެދުން އިސްނުކޮށް މިގައުމުގާ އިސްލާމީ
    އަދާލަތު ގާއިމުކުރައްވާ. އެއިރުން ތިބާ ތިޔަބޭނުންވެގެން ތިޔަ އުޅުއްވާކަ ންތައް ހާސިލްވުންކައިރި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް