މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ އޮފީހުން ވައްކަން ކޮށްގެން މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ހުށަހެޅި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދައިފައި ވަނީ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށާއި އެ ތަކެތި ހޯދައިފައިވަނީ މާލޭގެ ހަނި ގޯޅިގަނޑެއްގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެގޮތުން، އެ އޮފީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕްރޮޖެކްޓަރަކާއި ދެ ލެޕްޓޮޕާ އަދި ލެޕްޓޮޕްގެ ދެ ޗާޖަރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment