Support Us

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ ރަސްމީގޮތުން ހުޅުވައިދެއްވައިފި

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ (ޖަޔޮކް) ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވި މި ސެންޓަރަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިސްޓް ޙަމަލާތައް ކުރިމަތިވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގައި އިޖާބަދިނުމަށް ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބެވެ.

ޖަޔޮކްގެ މަސައްކަތަކަށް ވާނީ، ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގައިވާ ފަދައިން ޓެރަރިޒަމްގެ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި މިސެންޓަރު ހުޅުވިގެންދިއުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" އަށް ޢަމަލީ ސިފަ ގެންނެވުމަށް ފަށްޓަވައިފައިވާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް