އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ ނޮވެންބަރު 29 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
މި އިޞްލާޙުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުރި ބައެއް ނަމްބަރުތައް އުނިކުރުމަށް ހުށަހަޅާފައިވެއެވެ. މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ)ގެ ދަށުން ހުރި ނަމްބަރުތަކުގައި ވަނީ އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢޫލޫމާތުތަކެވެ.
މީގެ އިތުރުން މި ޤާނޫނުގެ 8ވަނަ މާއްދާގެ (ށ)ގައި، މި ޤާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރެޖިސްޓްރީކުރެވޭނެ މުއްދަތުކަމަށް ބަޔާންކޮށްފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތު މި އިޞްލާޙުގައި ދިހަ އަހަރަށް ބަދަލުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އައު ކުރުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު 90 ދުވަހުން، އެއް އަހަރު ދުވަހަށް އިތުރުކޮށްފައިވެއެވެ.



advertisment