Support Us

"އަންވެއިލިންގ ވިޝަންސް 2021″ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިންގ ވިޝަންސް 2021″ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކައިލުމަށް ބަހައްޓައިފައިވާ ކުރެހުންތައް ބައްލަވައިލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ "މޯސްޓް ވައިބްރަންޓް އާޓިސްޓްސް" އަށް ހޮވުނު ފަސް ކުރެހުންތެރިންނަށް އިނާމު ޙަވާލުކޮށްދެއްވައިފައެވެ.

މި ޙަފްލާގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވަނީ ނެޝަނަލް އާޓް ގެލެރީގެ 'ވަރޗުއަލް ގެލެރީ' އިފްތިތާޙްކޮށްދެއްވާފައެވެ.

މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން "އަންވެއިލިންގ ވިޝަންސް 2021″ އަކީ މި އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެއެވެ. މި ފަހަރުގެ މައުރަޒުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ ހުނަރު ދައްކާލައި، އެމީހުންގެ ތަސައްވުރުގެ ތަންކޮޅެއް ހާމަކުރުމެވެ.

މި ޙަފްލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެހުމެއް ވެދުމަށް އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް