Support Us

ހުޅުމާލޭގައި 22 ފުޅި ބަނގުރާ ހިފައިގެން ސައިކަލެއްގައި ދިޔަ ދެ ބަންގާޅީން އަތުލައިގެންފި

ހުޅުމާލޭގައި 22 ފުޅި ބަނގުރާ ހިފައިގެން ސައިކަލެއްގައި ދިޔަ ދެ ބަންގާޅީން ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި އުމުރުން 28 އަދި 51 އަހަރުގެ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ސައިކަލެއް ހުއްޓުވައި ބަލައިފާސްކުރިއިރު 22 ފުޅި ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ. އެ މީހުންގެ ބަންދަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކުރިއިރު އެ ޓެކްސީން ބަނގުރާފުޅިއެއް ފެނުމާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ދީފައެވެ.

މި ދެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް