Support Us

ނައިބު ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް

ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައިީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެ އިސް ވެރިންނާ ބައްދަލުކުރައްވައި، މުޙިއްމު މުއައްސަސާތަކަށް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާ ނައިބު ރައީސް ބައްދަލުކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަސީސް އެންޕްލޯއިމެންޓް އިމްރާން އަޙްމަދު، އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޑިޕޫ މޯނީ އާ ވެސް ބައްދަލުކުރައްވާނެއެވެ. ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް ވެރިންނާއި ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހު 24 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *