Support Us

މާލޭގެ ދެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތް މީހަކު ހައްޔަރުކޮށްފި

މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ނޮވެމްބަރު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ދެ ގެއިން ދެ ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އާއި ބަނގުރާފުޅިއެއް ވަނީ ހޯދައިފައެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 22 އަހަރާއި 53 އަހަރާ ދެމެދުގެ މީހުންނެވެ. އޭގެ ތެރޭގައި ތިން އަންހެނުން ވެސް ހިމެނެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާ އަށާއި 33 އަހަރުގެ މިހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދީފައެވެ. މުއްދަތު ދިން ދެ މީހުންގެ ތެރެއިން އެކަކު ވަނީ މި އޮޕަރޭޝަނުގައި އެތަނުން އެެއްގެއިން ފެނުނު ތަކެއްޗަށް އިއުތިރާފުވެފައެވެ. އަދި މި އޮޕަރޭޝަނުގައި ހައްޔަރުކުރި އަނެއް ފަސް މީހުން ވަނީ ދޫކޮށްލާފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މާލޭގެ ދެގެއެެއް ބަލާ ފާސްކުރުމުގަ ގިނަ ޢަދަދެއްގެ މަސްތުވާ ތަކެތި ފެނުނީ. އެތަކެތީގެ އަހުލުވެރިން ކަމަށް ތުހުމަތު ކުރެވުނު މީހުން ހައްޔަރުކުރީ. މަސްތުވާ ތަކެތި ގެންދާނީ ފުލުހުންގެ ބެލުމުގެ ދަށަށް . ރައްކާތެރި ތަނެއްގައި. ތުހުމަތު ކުރެވޭ މީހުން ބަންދު ކުރާނީ . ބަނގުރަލާއި މަސްތުވާ ތަކެއްޗާއެކު މީހުން ހައްޔަރު ކުރާނަމަ ކީއްކުރައްވަންތޯ ބޮޑު އޮޕަރޭޝަނެއް ހިންގައި މިތަކެތި ހޯދަނީ. މީހުން ހައްޔަރު ކުރަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *