Support Us

ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާވަޑާން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވައިފި

ފަނަރަ މީޓަރު އިސްމިނަށް ފެން އަރާ، ރާއްޖޭގެ އެންމެ ބޮޑު ފެންއަރުވާވަޑާން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ހުޅުވައިފިއެވެ.

މިއުޒިކާއި ލައިޓާ އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކުރެވިފައިވާ، މި އިންޓަރެކްޓިވް ފައުންޓަން (ފައްވާރު) އަކީ 20 ހާސް އަކަފޫޓުގެ ޖާގައެއްގައި ހަދައިފައިވާ ތަނެކެވެ.

މި ފައްވާރު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނާއި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

މި ފައްވާރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭ.އެސް އާ ހަވާލުކޮށްގެން ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

އެޗް.ޑީ.ސީން ބުނީ މި ފައްވާރު ހިމެނޭ ޒޯނަކީ ސެންޓްރަލް ޕާކު ތަރައްޤީ ކުރުމަށް ބަހާލައިފައިވާ ޒޯންތަކުގެ ތެރެއިން މުހިއްމު އެއް ޒޯނު ކަމަށެވެ.

ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވަނީ ރެކްރިއޭޝަން ޒޯނާއި މިސްކިތެއް ހިމެނޭގޮތަށް ތަރައްޤީ ކުރެވޭ ސަރަހައްދު ފާހަގަކުރައްވައި މީގެ އިތުރުންވެސް މިގޮތަށް ހުންނަ ހުސް ޖާގަތަށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ އަރބަން ފާމިންގ ސަރަޙައްދުގެ މަސައްކަތްތައް ފުޅާކޮށް މިފަދަ އޯޕަން ގްރީން ސްޕޭސްތަކުން މަންފާ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުންފުނީގެ ފަރާތުން ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ފައްވާރު ހުޅުވި ހަފުލާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *