Support Us

ފުކެއް ބޮޑުވަރު!

ދިވެހި ޖުމްހޫރިއްޔަތަށް އަހަރެއް މިއަދު ފުރުނެއް ކަމަކު
ދިވެހި ޖުމްހޫރިއްޔަތު އޮތީ ހޯދައި ބަލާ އިރުގައި ނަމަކު

އޭގެ ހުރި ފޮނި މީރުކަން ލިބިދޭހެ؟އެބަ ގައުމަށް މިއަދު
އޭގެ ސަބަބުން ފެންނަނީ ޖެހިގެން އުޅޭތީ އޭ ދަމަކު

މީ ނިޒާމުގެ އުނިކަމެއް ނޫނޭ އިނގޭ! ހަމަ ކަށަވަރޭ
މީ ނިޒާމު ފުނޑާލުމޭ ޝައްކެތްނެތޭ މިކަމާ މެދަކު

މަޝްވަރާގެ އުޞޫލު އޮތް ނަމަވެސް ނިޒާމުން ފަހިވެފައި
މަޝްރަހުން ފެނިގެންދަނީ އިދިކޮޅު ހަދާތީ އޭ ބަޔަކު

އޮތް މިތާގެ އަމާންކަމާ އަދި ޞުލްޙަޔާ އެކުވެރިކަމާ
ގޮތް ފޮތާއި ސަގާފަތާ ނީލަން ކިޔައިފިޔެ ކުޑަ އަގަކު

ގައުމަކަށް ޣައްދާރު ވާންވެސް މީ ފުކެއް ބޮޑުވަރު އިނގޭ!
ޝައުގުވެރިކަން ތަޚުތުގައި އިނުމަށް އޮތަސް ވެރިޔަކު ހިތަކު

ވެރިޔަކަށް މީހަކު ނަމެއްގައި ހުއްޓަކަސް ފެންނަން ލޮލަށް
ގެރިޔަކަށް ވުރެ ވެސް ދަށޭ ބާރެއް ނެތޭ ކުޑަ ވެސް އަތަކު

ކަން ހިނގާ ނިމި ދާގޮތުން ޢަމަލާ ބަހާ ނުވުމުން ދިމާ
ނަންތަކެއް މާ މޮޅު ކިޔަސް އިތުބާރު ނެތް އެ ބުނާ ބަހަކު

މިފަދަ ނިކަމެތި ޙާލުގައި ތިބެގެން ކިޔޭހޭ ތަހުނިޔާ
އެފަދަ ކަމަކަށް ހިތްވަރެއް ހޯދާނެ ބާރެއް ނެތް ގަޔަކު

ގައުމަކަށް ގައުމިއްޔަތަށް އަދި ރައްޔިތުންނަށް ލޯބިނެތް
ދައުލަތެއް މިކަހަލަ ދުށީމުތަ؟ދުނިޔެއިން އޮތަތީ ތަނަކު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *